Advertisement
ކ. މާލެ
|
14 މާރޗް 2023 | އަންގާރަ 15:55
ޙައްޖު ކޯޓާއަށް އެދި ބިޑު ހުށަހެޅުން ކުރިއަށްދަނީ
ޙައްޖު ކޯޓާއަށް އެދި ބިޑު ހުށަހެޅުން ކުރިއަށްދަނީ
އިސްލާމިކް މިނިސްޓްރީ
1444 ވަނަ އަހަރުގެ ޙައްޖު
ޙައްޖަށް މީހުން ގެންދިއުމަށް އަމިއްލަ ކުންފުނި ތަކުން ބިޑު ހުށަހަޅައިފި
މިއަހަރު ރާއްޖެއަށް ލިބުނީ 1000 ކޯޓާ
ބިޑު ހުށަހެޅި ކުންފުނިތަކުގެ ތެރެއިން ފުރުސަތު ލިބޭނީ ތިން ކުންފުންޏަށް

މިއަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދަން ބޭނުންވާ އަމިއްލަ ކުންފުނިތަކުން އެކަމުގެ ބިޑު ހުށަހަޅައިފިއެވެ.

ބިޑު ހުށަހެޅުން ކުރިއަށްދިޔައީ އަންގާރަ ދުވަހު އިސްލާމިކް މިނިސްޓްރީގައެވެ. އެގޮތުން، ޖުމްލަ 11 ކުންފުންޏަކުން މިއަހަރު ކޯޓާއަށް އެދި ބިޑު ހުށަހަޅައިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި 11 ކުންފުންޏަކުން ބިޑު ހުށަހެޅި ނަމަވެސް އޭގެ ތެރެއިން ހުއްދަ ދޭނީ އެންމެ މަތިން ޕޮއިންޓް ލިބޭ ތިން ކުންފުންޏަށެވެ. އެއީ ރާއްޖެއަށް މިއަހަރު ލިބޭ ރަސްމީ ކޯޓާ ދޫކުރުމަށް ނިންމާފައިވަނީ ޙައްޖު ކޯޕަރޭޝަނުގެ އިތުރުން ތިން ކުންފުންޏަކަށް ކަމަށްވާތީ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

Advertisement

އިސްލާމިކް މިނިސްޓްރީން ނިންމާފައިވާ ގޮތުގައި ރާއްޖެއަށް ލިބޭ ކޯޓާއިން ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދޫކުރާ ތިން ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް 90 ކޯޓާ ދޫކުރާނެއެވެ.

މިއަހަރު ރާއްޖެއަށް ލިބިފައިވަނީ 1000 ޙައްޖު ކޯޓާއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ. އެގޮތުން މިދިޔަ އަހަރު ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ރާއްޖެއަށް ދޫކުރީ އެންމެ 453 ކޯޓާއެވެ. ސައުދީ އިން ވަނީ ކޮވިޑް-19 އާ ގުޅިގެން އެކި ޤައުމުތަކަށް ޙައްޖު ކޯޓާ ދޫކުރާ މިންވަރު ލިމިޓު ކޮށްފައެވެ.

މި އަހަރުގެ ޙައްޖުގެ އަޅުކަމުގެތެރޭގައި ދިވެހި ޙައްޖުވެރިންނަށް ޚިދުމަތްތައް ދިނުމާގުޅޭ އެއްބަސްވުންތަކުގައި ވެސް އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ ސޮއި ކޮށްފައެވެ. އެގޮތުން ޙައްޖުގެ އަޅުކަމުގެ ތެރޭގައި ދިވެހި ޙައްޖުވެރިން މަދީނާއަށް ކުރާ ޒިޔާރަތުގައި، ޙައްޖުވެރިންނަށް ޚިދުމަތްތައް ދިނުމާގުޅޭ އެއްބަސްވުމުގައި އަލްއަދިއްލާ ކޮމްޕެނީއާއެކު ސޮއި ކޮށްފައިވާއިރު މައްކާ، މިނާ އަދި ޢަރަފާތުގައި ޙައްޖުވެރިންނަށް ޚިދުމަތްތައް ދިނުމަށް ސޮއި ކޮށްފައިވަނީ ޟުޔޫފުލްބައިތު ކޮމްޕެނީއާއެކުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް