Advertisement
ކ. މާލެ
|
13 މާރޗް 2023 | ހޯމަ 21:16
މާލޭގެ އިމާރާތެއްގެ މަތިން މިރޭ ވެއްޓުނު މީހާ އެމްބިއުލާންސްއަށް އަރުވަނީ
މާލޭގެ އިމާރާތެއްގެ މަތިން މިރޭ ވެއްޓުނު މީހާ އެމްބިއުލާންސްއަށް އަރުވަނީ
އާލިމް ޢަބްދުއްލަތީފް
އިމާރާތަކުން މީހަކު ވެއްޓުން
މާލޭގެ އިމާރާތަކުން ވެއްޓުނު މީހާ މަރުވެއްޖެ
އެއީ 32 އަހަރުގެ ދިވެހި އަންހެނެއް
ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާކަމަށް ހޮސްޕިޓަލުން ބުނޭ
ފުލުހުން ގެންދަނީ މައްސަލަ ތަހުގީގުކުރަމުން

މާލޭގެ އިމާރާތަކުން މިރޭ ވެއްޓުނު މީހާ މަރުވެއްޖެއެވެ.

ފުލުހުން ބުނީ، އޭނާ އައިޖީއެމްއެޗަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތުދީފައިވާކަމަށެވެ.

Advertisement

މިރޭ ހެންވޭރުގައި ހުރި ގެއަކުން ވެއްޓިފައިވަނީ 32 އަހަރުގެ ދިވެހި އަންހެނެކެވެ. މި މައްސަލަ އިތުރަށް ތަހުގީގުކުރުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުންނެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ ވަނީ އެ އިމާރާތުން އަމިއްލައަށް ފުންމާލާފައެވެ. އެއީ ބަލި މީހެއްކަމަށްވެސް މައުލޫމާތުލިބެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް