ކ. މާލެ
|
12 މާރޗް 2023 | އާދީއްތަ 18:37
އެމްޓީސީސީއާ މަޝްރޫއުތައް ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުން
އެމްޓީސީސީއާ މަޝްރޫއުތައް ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުން
އެމްޓީސީސީ
ޕްލޭނިންގ މިިނިސްޓްރީ
ހަތަރު ރަށެއްގެ މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކޮށްފި
މި މަޝްރޫއުގެ ދަށުން، ހިންމަފުށީ ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި، މަތިވެރީގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި، ކުޅުދުއްފުއްޓާއި ކެނދިކުޅުދޫގެ ބަނދަރު އަޕްގްރޭޑްކުރުން ހިމެނޭ

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަތަރު ރަށެއްގައި މަޝްރޫއުތައް ހިންގުމަށް, މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ކ. ހިންމަފުށީ ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި، އއ. މަތިވެރީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި، ކުޅުދުއްފުއްޓާއި ނ. ކެނދިކުޅުދޫގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތެވެ. މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

ހިންމަފުށީ ގިރާ ސަަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތުގެދަށުން އެ ރަށުގެ ދެކުނު ފަރާތުގެ ގޮނޑުދޮށް ހިމާޔަތްކުރާނެއެވެ. އެގޮތުން ގިރަމުންދާ ސަރަހައްދުގައި 160 މީޓަރުގެ ބޮޑުހިލައިގެ އެއްގަމު ތޮށި ލުމާއި، 53 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިންސް ޖެހުމާއި، 127 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ ހަ މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށް 11.8 މިލިއަން ރުފިޔާއަށެވެ.

މަތިވެރީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން، އެ ރަށުގެ ހުޅަނގު ފަރާތުގައި 54 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހައި، 63 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން، އަދި ދެކުނު ފަރާތުގައި 70 މީޓަރުގެ 5 ގްރޮއިން ޖަހާނެއެވެ. އަދި އިރުމަތީ ފަރާތުގައި 110 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮއްޓާއި 70 މީޓަރުގެ ގްރޮއިންވެސް ޖަހާނެއެވެ.

މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އަށް މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މިއީ 24.8 މިލިއަން ރުފިޔާއަށެވެ.

ކުޅުދުއްފުށީ ބަނދަރުގެ ޖެޓީ އެކްސްޓެންޝަން މަޝްރޫއުގެ ދަށުން، އެ ރަށުގެ ބަނދަރުގައި އަޅާފައިވާ ލަކުޑި 7 ޖެޓީ އިތުރު 4 މީޓަރަށް ދިގުކުރާނެއެވެ. އަދި ޖެޓީތަކުގެ މެދުގައި ލަކުޑި ޕްލެޓްފޯމް އަޅައި، ފްލޯޓިންގ ޕްލެޓްފޯމްގެ ޕައިލްތައް ދިގުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ 13.07 މިލިއަން ރުފިޔާއަށް 250 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މީގެ އިތުރުން ނ. ކެނދިކުޅުދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫގެ ދަށުން ބަނދަރަށް ޖާގަ އިތުރުކުރުމާއި، ނެރު ފައިކަށި ދިގުކުރުމަށް 168 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. އަދި ބަނދަރު ބޮޑު ކުރާ ބައިގައި 200 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ލުމާއި، ބަނދަރުގައި 86 މީޓަރުގެ ޖެޓީއެއް އެޅުންވެސް މިމަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ 500 ދުވަހުން ނިންމާގޮތަށް، 79.02 މިލިއަން ރުފިޔާއަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް