ކ. މާލެ
|
12 މާރޗް 2023 | އާދީއްތަ 11:21
ފުލުހުންގެ މައި އިދާރާ --
ފުލުހުންގެ މައި އިދާރާ --
މިހާރު
ބަންދުކުރުން
37 އަހަރުގެ މީހަކު 99ވަނަ ފަހަރަށް ބަންދަށް!
އޭނާގެ ބަންދަށް ކޯޓުން ދިނީ ތިން ދުވަސް

އުމުރުން 37 އަހަރުގެ މީހަކު 99 ވަނަ ފަހަރަށް ބަންދުކޮށްފިއެވެ.

ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ އއ. ތޮއްޑޫ/ ފިނިފެންމާގޭ އަލީ ޝާހިދެވެ. އުމުރުން 37 އަހަރުގެ މި މީހާ މީގެ ކުރިން ވަނީ 98 ފަހަަރަށް ހައްޔަރުކޮށްފައެވެ. ހޮނިހިރު ދުވަހު 99 ވަނަ ފަހަރަށް އޭނާ ހައްޔަރުކުރީ ވައްކަމުގެ މައްސަލައެއްގައެވެ.

Advertisement

އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ހޮނިހިރު ދުވަހު ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ. ކޯޓުން ބުނީ އޭނާގެ ކުށުގެ ރެކޯޑަށް ބަލާއިރު މީގެ ކުރިން 98 ފަހަރު ހައްޔަރުކޮށް 41 ފަހަރު ބަންދަށް ބަދަލުކޮށްފއިވާކަން އެނގެން އޮތުމުން އޭނާއަކީ ކުށުގެ ވެށީގައި އުޅޭ މީހެއްކަމަށް ބެލެވޭ ކަމަށެވެ.

އޭނާގެ ބަންދަށް ކޯޓުން ޖެހީ ތިން ދުވަހެވެ. އޭނާއަށް ބަންދުގެ މުއްދަތު ކުރުކޮށްދިނީ ވަކީލެއް ހަމަޖެއްސުމުގެ ފުރުސަތަށް އެދުމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް