Advertisement
ކ. މާލެ
|
12 މާރޗް 2023 | އާދީއްތަ 07:13
ކަމަދޫ ބަނދަރު ތަރައްގީކުރުން
ކަމަދޫ ބަނދަރު ތަރައްގީކުރުން
އެމްޓީސީސީ
ކަމަދޫ ބަނދަރު
ކަމަދޫ ބަނދަރުގެ ބޮޑު ބައި ނިމިއްޖެ: އެމްޓީސީސީ
މިއީ 48.63 މިލިއަން ރުފިޔާގެ މަޝްރޫއެއް

ބ. ކަމަދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ 52 އިންސައްތަ ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މަޝްރޫއުގެ ބޮޑު ބައި މިހާރު ނިމިފައިވާއިރު، މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމަންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާކަމަށެވެ.

Advertisement

މި މަޝްރޫޢުގެ ދަށުން، 30,933 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 5,085 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 181 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 656 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 392 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1670 އަކަމީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިއީ 48.63 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް