Advertisement
ކ. މާލެ
|
11 މާރޗް 2023 | ހޮނިހިރު 12:04
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާ ބައި އިލެކްޝަން: އެމްޑީޕީގެ ޕްރައިމަރީގައި ވޯޓްލުން ފެށިގެން ކުރިއަށް ދަނީ
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާ ބައި އިލެކްޝަން: އެމްޑީޕީގެ ޕްރައިމަރީގައި ވޯޓްލުން ފެށިގެން ކުރިއަށް ދަނީ
އެމްޑީޕީ
ގުރައިދޫ ދާއިރާ ބައި އިލެކްޝަންގެ އެމްޑީޕީގެ ޕްރައ
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާ ބައި އިލެކްޝަން: އެމްޑީޕީގެ ޕްރައިމަރީގައި ވޯޓްލުން ފެށިގެން ކުރިއަށް
ހަތަރު ތަނެއްގައި ވޯޓް ފޮށިތައް ބަހައްޓާފައިވޭ

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާ ބައި އިލެކްޝަންގެ އެމްޑީޕީ ޕްރައިމަރީގެ ވޯޓްލުން ފަށައިފިއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު 9 ގަޑި ސުންމިނިޓް ގައި ވޯޓްލުން ފަށާފައިވާއިރު ވޯޓްލުން ކުރިއަށްދާނީ ހަވީރު 5 ޖަހަންދެނެވެ.

Advertisement

ވޯޓުފޮށި ބަހައްޓާފައިވާ މަރުކަޒުތަކަކީ ކ. ގުޅީގައި ގުޅި ސްކޫލުގައެވެ. ކ. މާފުށިގައި އެރަށު ސްކޫލުގައި ވޯޓް ފޮށި ބަހައްޓާފައިވާއިރު ކ. ގުރައިދޫގައި ޒުވާނުންގެ މަރުކަޒުގައި ވެސް ވޯޓް ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އަދި މާލޭގައި ވޯޓުފޮށި ބަހައްޓާފައިވަނީ އެމް.ޑީ.ޕީ މައި ހަރުގޭގައެވެ.

ޕްރައިމަރީއަށް ކުރިމަތިލެއްވި މެންބަރުންނަކީ:

  1. މުޙައްމަދު މުސްތަފާ – ވިވިޑް / ކ. މާފުށި
  2. ސަލްމާން ރަޝީދު – މާފަރިވާގެ / ކ. މާފުށި
  3. އިބްރާހިމް ޝާޒް – ފައިވްރޯޒް / ކ ގުރައިދޫ
  4. އަބްދުﷲ ސައީދު – ވެލި / ކ. ގުރައިދޫ

ގުޅީގައި ޖުމްލަ 99 މެމްބަރުން ވޯޓްލުމަށް ރަޖިސްޓްރީކޮށްފައިވާއިރު މާފުށީގައި 366 މެމްބަރުން ވަނީ ވޯޓްލުމަށް ރަޖިސްޓްރީކޮށްފައެވެ. ގުރައިދޫގައި 310 މެމްބަރުން ވޯޓްލުމަށް ވަނީ ރަޖިސްޓްރީކޮށްފައެވެ. މީގެއިތުރުން ގުރައިދޫ ދާއިރާގެ މެމްބަރުން ގެތެރެއިން 69 މީހުން މާލެސިޓީގައި ވޯޓްލުމަށް ވަނީ ރަޖިސްޓްރީކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް