ކ. މާލެ
|
10 މާރޗް 2023 | ހުކުރު 20:08
ރައީސް ސާލިހު ޖަރުމަނުވިލާތުގެ ރައީސާ ބައްދަލުކުރެއްވުން
ރައީސް ސާލިހު ޖަރުމަނުވިލާތުގެ ރައީސާ ބައްދަލުކުރެއްވުން
ރައީސް އޮފީސް
ޖަރުމަނުވިލާތުގެ ރައީސާ ބައްދަލުކުރެއްވުން
ރައީސް ސާލިހު ޖަރުމަނުވިލާތުގެ ރައީސާ ބައްދަލު ކުރައްވައިފި
ދެޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް ވޯލްޓަރ ސްޓައިންމަޔަރއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ރާއްޖެ އާއި ޖަރުމަނުވިލާތުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ދެޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ޖަރުމަނުވިލާތުގެ ރައީސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޖަރުމަނުވިލާތުގެ ރައީސާ ބައްދަލުކުރެއްވީ ޖަރުމަނުވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގެންނެވިއެެވެ.

ރައީސުލްޖުމްހޫރިއްޔާ ޖަރުމަނަށް ވަޑައިގެންނެވީ، ޤަތަރުވެރިރަށް ދޯހާގައި ކުރިޔަށް ދިޔަ، އދ. ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް