Advertisement
ކ. މާލެ
|
8 މާރޗް 2023 | ބުދަ 19:59
ރައީސްގެ ދެކަނބަލުން އައިޓީބީއަށް ޒިޔާރަތް ކުރެއްވުން
ރައީސްގެ ދެކަނބަލުން އައިޓީބީއަށް ޒިޔާރަތް ކުރެއްވުން
ރައީސް އޮފީސް
އައިޓީބީ ފެއަރ
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އައިޓީބީ ފެއަރއަށް ޒިޔާރަތް ކުރައްވައިފި
ރާއްޖޭގެ ސްޓޭންޑުން ދައްކުވައިދޭ ދިވެހިންގެ މެހެމާންދާރީގެ ކަންކަމާއި، ފޯރުކޮށްދޭ ޚިދުމަތްތައް ބައްލަވާލެއްވި
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 91 ކުންފުންޏަކުން މި ފެއަރގައި ބައިވެރިވޭ
މި ފެއަރ މިއަހަރު ބާއްވަނީ ތިން އަހަރުގެ މެދުކެނޑުމަކަށްފަހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ޖަރުމަނު ވިލާތުގައި މިހާރު ކުރިޔަށްދާ، ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރ، އިންޓަރނޭޝަނަލް ޓުއަރިޒަމް ބޯސޭ (އައިޓިބީ) ފެއަރއަށް ޒިޔާރަތް ކުރައްވައިފިއެވެ.

މިއީ 2019ވަނަ އަހަރަށް ފަހު، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބާލިންއަށް ގޮސް މިފެއާގައި ބައިވެރިވި ފުރަތަމަ އަހަރެވެ. އަދި މިއީ، ރާއްޖެއަށް ވިދިވިދިގެން ތިން ފަހަރު ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން އެވޯޑް ލިބުނު ފަހުން ރާއްޖެއިން މި ފެއަރ ގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އައިޓީބީ ފެއަރއަށް ކުރެއްވި ޒިޔާރަތުގައި، ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތް ކުރައްވައި، އެ ސްޓޭންޑުން ދައްކުވައިދޭ ދިވެހިންގެ މެހެމާންދާރީގެ ކަންކަމާއި، ފޯރުކޮށްދޭ ޚިދުމަތްތައް ބައްލަވާލެއްވިއެވެ. އެ ދެކަނބަލުން އެ ސްޓޭންޑަށް ޒިޔާރަތް ކުރެއްވުމުން، އެމްއެމްޕީއާރްސީގެ ފަރާތުން ވަނީ، ރައީސުލްޖުމްހޫރިއްޔާއަށް އެސްޓޭންޑުގެ މޮޑަލެއް ވެދުމަށްއަރުވާފައެވެ.

Advertisement

އައިޓީބީ ބާލިންއަކީ، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްތަނަކުން ބައްދަލުވެ ވިޔަފާރި ކުރިއެރުވުމަށް ހުޅުވާލެވިފައިވާ ޕްލެޓްފޯމެކެވެ. މިއަހަރުގެ ފެއާގައި އެމްއެމްޕީއާރްސީއާ މިނިސްޓްރީ އޮފް ޓޫރިޒަމްގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 91 ކުންފުންޏަކުން، 233 މީހުން ވަނީ ބައިވެރިވެފައެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޖަރުމަނަށް ވަޑައިގެންނެވީ، ޤަތަރުގެ ވެރިރަށް ދޯހާގައި ކުރިޔަށް ދިޔަ، އދ. ގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހުގައެވެ.

ރައީސް ޖަރުމަނަށް ކުރައްވާ މިދަތުރުފުޅުގައި އެޤައުމުގެ ރައީސް ފްރޭންކް ވޯލްޓަރ ސްޓައިންމަޔަރއާ ބައްދަލު ކުރައްވައި ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރެއްވުމުގެ މަޝްވަރާތައް ކުރިޔަށް ގެންދަވާނެއެވެ.

Advertisement

Advertisement
- ކޮމެންޓް