ކ. މާލެ
|
8 މާރޗް 2023 | ބުދަ 07:14
ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ތާނީ
ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ތާނީ
ރޮއިޓާސް
ގަތަރު
ގަތަރުގެ އެންމެ އިސް ޑިޕްލޮމެޓަކު ބޮޑުވަޒީރުކަމުގެ ހުވާކުރައްވައިފި
ޝެއިޚް މުހައްމަދު އަކީ 2016 ވަނަ އަހަރުން ފެށިގެން ފޮރިން މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެއް

ގަތަރުގެ އެންމެ އިސް ޑިޕްލޮމެޓަކު އެގައުމުގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވީ 2020 ވަނަ އަހަރުން ފެށިގެން އެ މަގާމުގައި ހުންނެވި ސަރުކާރު އާއިލާގެ އިތުރު މެންބަރެއްގެ ބަދަލުގައި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ގަތަރުގެ ނިއުސް އެޖެންސީން ބުނާ ގޮތުގައި ސަރުކާރުގެ އައު ވެރިޔާގެ މަގާމަށް ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ތާނީ ހުވާކުރައްވާފައިވެއެވެ. އެހެންނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ގަތަރުގެ ވެރިކަން ކުރާ އަމީރު، ޝެއިޚް ތަމީމް ބިން ހަމަދު އަލް ތާނީ، މަތީ މަގާމުތަކުގެ ވެރިން އައްޔަން ކުރައްވަނީ، އާންމުކޮށް ވެރިކަން ކުރާ އާއިލާގެ މެންބަރުންގެ މައްޗަށެވެ. ގަލްފުގެ އެހެން އަރަބި ގައުމުތަކެކޭ އެއްފަދައިން ސިޔާސީ ކަންކަން ބޮޑުތަނުން ވެރިކަންކުރާ އާއިލާއަށް ނިސްބަތްވާއިރު ތަރައްގީ އާންމުކޮށް ދައްކާނީ މަދުންނެވެ.

ޝެއިޚް މުހައްމަދު އަކީ 2016 ވަނަ އަހަރުން ފެށިގެން ފޮރިން މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އަކީ 2020 ވަނަ އަހަރުން ފެށިގެން ބޮޑުވަޒީރު އަދި އިންޓީރިއާ މިނިސްޓަރު ޑޮމެސްޓިކް ސެކިއުރިޓީގެ ޒިންމާ އުފުއްލަވާ ޝެއިޚް ޚާލިދު ބިން ޚަލީފާ ބިން އަބްދުލްއަޒީޒް އަލް ތާނީގެ ބަދަލުގައި އައްޔަން ކުރައްވާފައިވާ ބޭފުޅެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް