Advertisement
ކ. މާލެ
|
7 މާރޗް 2023 | އަންގާރަ 17:04
އައިޓީބީ ފެއަރ ގައި ބައިވެރިވާ ރާއްޖޭގެ ސަގާފީ ގްރޫޕު
އައިޓީބީ ފެއަރ ގައި ބައިވެރިވާ ރާއްޖޭގެ ސަގާފީ ގްރޫޕު
އެމްއެމްޕީއާރްސީ
އައިޓިބީ ފެއަރ
އައިޓީބީ ބާލިން ފެއަރ ގައި ބައިވެރިވާ ދިވެހި ސަގާފީ ގުރޫޕް ފުރައިފި
މި ފެއަރ ކުރިއަށްދާނީ މި މަހުގެ 7-9 އަށް

ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއަރ، އައިޓީބީ ބަރލިން 2023ގައި ބައިވެރިވާ ދިވެހި ސަގާފީ ގްރޫޕް ޖަރުމަނަށް ފުރައިފިއެވެ.

މި ފެއަރ ކުރިއަށްދާނީ މި މަހުގެ 7-9 އަށެވެ.

މި އަހަރުގެ އައިޓީބީ ބާލިން 2023 ގައި ދިވެހި ސަގާފީ ގުރޫޕުގައި ބައިވެރިވަނީ ޕްރޮފެޝަނަލް ނަށާ ގުރޫޕެއް ކަމަށްވާ ޑައިނިސިއެކްގެ ނެށުންތެރިންނާއި މާސްޓަރޝެފް މަހާ ނަސީރު އާއި އިތުރު ދެ ދިވެހި އަންހެން ޝެފުންނެވެ.

Advertisement

ފެއަރގައި ހުންނަ ރާއްޖޭގެ ސްޓޯލްގައި ސަގާފީ ގްރޫޕުގެ ނެށުންތެރިން އެކި ދިވެހި ލަވަތަކައް ތަމްސީލު ކުރުމަށް ވަނީ ހަމަޖެހިފައިއެވެ. އަދި ދިވެހި ޝެފުންގެ ޓީމުން އެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހި ކާބޯތަކެތި ތައްޔާރު ކުރާ ގޮތް ލައިވް ސްޓޭޝަންގައި ދައްކާލާނެއެވެ.

މި ފެއަރގައި ތަމްސީލުކުރާ ކުންފުނިތަކުގެ ތެރޭގައި ދުނިޔޭގެ އެކިކަންކޮޅުތަކުގެ ހޮޓާތަކާއި، ޓޫރިސްޓް ބޯޑުތަކާއި އަދި ޓުއަރ އޮޕަރޭޓަރުން ހިމެނެއެވެ.

މި އަހަރު އައިޓީބީ ބާލިން 2023ގަައި އެމްއެމްޕީއާރްސީ އިން ބަހައްޓާ ވިޒިޓް މޯލްޑިވްސްގެ ސްޓޯލްގައި ފަތުރުވެރިކަމާއި ބެހޭ 82 ކުންފުންޏަކުން 200 އަށް ވުރެ ގިނަ މީހުން ބައިވެރިވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް