Advertisement
ކ. މާލެ
|
3 ޖުލައި 2017 | ހޯމަ 17:04
 ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިިނީ: މަސީހުގެ ވޯޓުގައި ބައެއް މެންބަރުން މަކަރު ހެއްދެވިކަމަށް ވިދާޅ
ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިިނީ: މަސީހުގެ ވޯޓުގައި ބައެއް މެންބަރުން މަކަރު ހެއްދެވިކަމަށް ވިދާޅ
މުހައްމަދު ޝަރުހާން
މަސީހު އިތުބާރުގެ މައްސަލަ
މަސީހުގެ ގަރާރުގައި ސިނާނާއި އިލްހާމް ހެއްދެވީ މަކަރު: ޑރ. ޝައިނީ
ބައެއް މެންބަރުން މަކަރު ހެއްދެވިކަމަށް ޑރ. ޝައިނީ ތުހުމަތު ކުރެއްވި
މައްސަލަތައް ހުރި، އެކަން ހައްލުކުރުމަށް މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވި
މަސީހުގެ ވޯޓުގައި ޕީޕީއެމްއަށް ނިސްބަތްވާ 10 މެންބަރުން ސޮއިކުރެއްވި

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް ނެގުމަށް ހޯމަ ދުވަހު އިދިކޮޅު ފަރާތްތަކުން ހުށަހެޅި ގަރާރުގައި ސޮއި ކުރެއްވި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ހެއްދެވީ މަަކަރުކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިިނީ ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ވޯޓާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޑރ. ޝައިނީ ވިދާޅުވީ، މަސީހުގެ އިތުބާރު ނެތް މައްސަލައިގައި ދެ މެންބަރުންވެސް ހެއްދެވީ މަކަރު ކަމަށާއި އެކަމާއި ހިތާމަކުރައްވާ ކަމަށެވެ. މައްސަލަތަކެއް ހުރި ކަމަށް އިޝާރާތް ކުރައްވަމުން، ޑރ. ޝައިނީ ވިދާޅުވީ އެކަންކަން ހައްލުކުރުމަށް ހުރިހާ ފަރާތްތަކުން ދިޔައީ މަޝްވަރާ ކުރަމުން ކަމަށެވެ.

 

 

މަޖިލިހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހެޅި ގަރާރުގައި ޕީޕީއެމް އަށް ނިސްބަތްވެވަޑައިގަންނަަވާ އިސްދޫ ދާއިރާގެ މެންބަރު އަހްމަދު ރަޝީދު، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނު، ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހްމަދު، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ، މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު އަދި ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ ހިމެނިވަޑައިގަންނަވައެވެ.

ސާޅީސްފަސް މެންބަރުންނާއެކު މަޖިލިހަށް ގަރާރު ހުށަހެޅުމާއި ގުޅިގެން، ސަރުކާރުން ހޯދާފައިވާ ސުޕަ މެޖޯރިޓީ މިހާރު ގެއްލިފައިވާ ކަމަށާއި މަސީހު އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނޭ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
3 ޖުލައި 2017 | ހޯމަ 17:53
ޖާނޭ
ރައްޔިތުންނަށް ބަޔަކު ހަދަމުންދާ މަކަރުގެ ވާހަކަ ކޮބާތޯ ބޭފުޅާ؟ 10000 ކޮބާތޯ މިމަސްވެރިޔާގެ؟
3 ޖުލައި 2017 | ހޯމަ 17:52
ޖާނޭ
ރައްޔިތުންނަށް ބަޔަކު ހަދަމުންދާ މަކަރުގެ ވާހަކަ ކޮބާތޯ ބޭފުޅާ؟ 10000 ކޮބާތޯ މިމަސްވެރިޔާގެ؟
3 ޖުލައި 2017 | ހޯމަ 17:35
ޝާޢީން
ރަނގަޅުވާނެ. ނިހާން ގާމު މިހާރު ނުލާހިކު އުފާވާނެ. އިލްހާމާ ހެދި ނިހާން ހުރިތަނުން ކިރިޔާ އުފުރިގެން ނައިސް ހުއްޓާ ނަސީބެއްނު