ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ނުކުރައްވާ ކަމަށް އިސްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު ވިދާޅުވި ނަމަވެސް، އެއީ ހައްދަވާ އިތުރުފުޅެއް ކަމަށް މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް ޕީޕީއެމްގެ 11 މެމްބަރަކު ސޮއި ކުރައްވާފައިވާއިރު، އެ ބޭފުޅުންގެ ތެރޭގައި އަހްމަދު ރަޝީދުގެ ސޮއި ވެސް ހިމެނެ އެވެ. އެ ސޮޔަކީ ފޭކް ސޮއެއް ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނު ޓްވީޓް ކުރެއްވުމާއެކު، މަސީހާ ދެކޮޅަށް އަހްމަދު ރަޝީދު ސޮއިކުރައްވާ ފޮޓޯ ވަނީ ލީކްވެފަ އެވެ.
އެ ފޮޓޯއިން ފެންނަ ގޮތުގައި އަހްމަދު ރަޝީދު ސޮއި ކުރައްވާއިރު، ކުރިމަތީގައި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން އިންނަވައެވެ.
ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކުރައްވައި ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އަހްމަދު ރަޝީދު ސޮއި ކުރެއްވި ކަމަށެވެ.
"މިހާރު އެކަން ދޮގު ކުރެއްވުން ވެސް އެއީ ގާރީ ކަނޑައެޅިގެން ހައްދަވާ އިތުރުފުޅެއް،" ޕީޕީއެމް އަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރަކު ވިދާޅުވި އެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އަހްމަދު ރަޝީދުގެ ސޮއި އޮތް މައްސަލަ އޭނާ ވަނީ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.
MP Ahmed Rasheed Majlis Raees Maseeh ah miadhu fonnuvvi Sitee. pic.twitter.com/UQkYAzcZgR
— Ahmed Nihan (@ahmed_nihan) July 3, 2017
އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު މެމްބަރަކު ވެސް ވިދާޅުވި ގޮތުގައި ސޮއި ނުކުރައްވާ ކަމަށް އަހްމަދު ރަޝީދު ވިދާޅުވުމަކީ އިތުރުފުޅެއް ކަމަށެވެ.
"ގާރީއަށް ސޮއި އަނބުރާ ގެންދެވިދާނެ. އެއީ މައްސަލައެއް ނޫން. ނަމަވެސް ސޮއި ނުކުރައްވާ ކަމަށް ވިދާޅުވުމަކީ މައްސަލައެއް. ޖިނާއީ ތަހްގީގެއް ވެސް ހިނގިދާނެ ގާރީގެ މައްޗަށް،" އޭނާ ވިދާޅުވި އެވެ.
MP Ahmed Rasheed Soe kurehvi eyna ge nan Eyna amila athun liyefa. 45 MPs ves soe kurehvee Hama e gothah. https://t.co/FcchBUMdhY
— Mohamed Musthafa (@Thimarafushi) July 3, 2017
ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވީ އަހްމަދު ރަޝީދު ސޮއިކުރެއްވީ އޭނާގެ ނަން އޭނާ އަމިއްލަ އަތުން ލިޔުއްވާފައި ކަމަށެވެ. އެކަމަށް ހެކިވާނެ މީހުން އެބަ ތިބި ކަމަށާއި ވީޑިއޯ ވެސް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
MP Ahmed Rasheed liye soe kuree amihla athun Dhirithibi 2 hekin ge haaziru ga. Adhi soe kuree Dhuvaa ves kohfa, video ves eba oiy.
— Mohamed Musthafa (@Thimarafushi) July 3, 2017
މި މައްސަލައާ ގުޅޭ ގޮތުން އަހްމަދު ރަޝީދުގެ ބަހެއް ހޯދުމަށް އޭނާގެ ފޯނަށް ގުޅި ނަމަވެސް ފޯނު ނުނަންގަވައެއެވެ. ނަމަވެސް އެސްއެމްއެސްއިން ވާހަކަ ދައްކަވަމުން ގޮސް، އިންޓަވިއުއެއް ބޭނުންވާ ކަމަށް ދެންނެވި ފަހުން ޖަވާބެއް ނުދެއްވި އެވެ.