Advertisement
ކ. މާލެ
|
3 ޖުލައި 2017 | ހޯމަ 13:20
މުހައްމަދު ޝަރުހާން
އާދަމް އާޒިމް
އާޒިމްގެ މައްޗަށް ދައުވާ ނުކުރުމަށް ޕީޖީން ނިންމައިފި
އާޒިމް ހައްޔަރުކޮށްފައި ވަނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި

އެމްޔޫއޯގެ ޝެޑޯ ކެބިނެޓް މިނިސްޓަރު އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމްގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް(ޕީޖީ)ން ބުނެފިއެވެ.

އެކަން ޕީޖީއިން އަންގާފައިވަނީ ހޯމަދުވަހުގައެވެ.

އާޒިމް ހައްޔަރުކުރުމަށް ނެރެފައިވާ ކޯޓު އަމުރުގައި ބުނެފައިވަނީ، އާޒިމް ހައްޔަރުކުރީ، ދިވެހިރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ބަދަލުކުރުމަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދައްކައި، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމާއި މެދު ރައްޔިތުންގެ ހިތުގައި ނަފުރަތު އުފައްދާ، އިތުބާރު ގެއްލުވާލުމަށް މަސައްކަތްކޮށް، ދޮގު މަޢުލޫމާތު ފަތުރައި، ތަފާތު އެކި ގޮތްގޮތަށް ވާހަކަ ދައްކާފައިވާކަމަށް ތުޙުމަތު ކުރެވޭތީ ކަމަށެވެ. އަދި ހަމަ މިއާއިއެކު، މި މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮރުވުމަށް އާޒިމް މަސައްކަތް ކޮށްފާނެ ކަމަށް ބެލެވޭ ކަމަށާ، އާޒިމް މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލާފައި ބެހެއްޓުމަކީ އޭނާގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމެއް ކަމަށް ފެންނަ ކަމަށްވެސް ކޯޓު އަމުރުގައި ވެއެވެ.  

އާޒިމްގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރަށް ޕީޖީން ފޮނުއްވި ސިޓީގެ ޖަވާބުގައި21 ޖޫން 2017 ވަނަ ދުވަހު ޕީޖީއަށް ފޮނުއްވި ސީޓީއާއި ގުޅިގެން 14 ޖޫން 2017 ވަނަ އަހަރު އެ އޮފީހަށް ހުށައެޅުނު މައްސަލަ ވަނީ 19 ޖޫން 2017 ވަނަ ދުވަހު  ބުނެފައިވަނީ އާޒިމްގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމައި އެމައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއަށް އަނބުރާ ފޮނުވާލާފައިވާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް