Advertisement
ކ. މާލެ
|
2 މާރޗް 2023 | ބުރާސްފަތި 19:23
ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝަރީފް
ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝަރީފް
އާލިމް ޢަބްދުއްލަތީފް
ޑިޖިޓަލް އައިޑެންޓިޓީ ކާޑު
ޑިޖިޓަލް އައިޑެންޓިޓީ ކާޑުން ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިކޮށްދޭނެ: ޝަރީފް
މި ކާޑު ތިން ގޮތަކަށް ދޫކުރެވޭނެ

ޑިޖިޓަލް އައިޑެންޓިޓީ ކާޑަކީ ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިކޮށްދޭނެ ނިޒާމަކަށް ވާނެކަމަށް އެންވަޔަރމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަރީފް ވިދާޅުވީ މި ކަންކުރުމުގައި މައިގަނޑު ތިން އަސާސެއް ގެންގުޅޭ ކަމަށެވެ. އެއީ; މި އައިޑެންޓިޓީ ކާޑަކީ ހަދަން ފަސޭހަ ކާޑަކަށް ވާން ޖެހޭނެ ކަމަށާއި ބޭނުންކުރަން ފަސޭހަ ކާޑަކަށް ވާން ޖެހޭނެ ކަމަށާއި އަދި މި އައިޑެންޓިޓީއަކީ މީހުންގެ ޒާތީ މައުލޫމާތު ރައްކާތެރިކޮށްދޭ އައިޑެންޓިޓީއަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި މި އައިޑެންޓިޓީން އެ މީހެއްގެ ޒާތީ މައުލޫމާތުގެ މައްޗަށް އެ މީހަކު ބާރުވެރި ކުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ނިޒާމަށް ލޮގްއިން ކުރެވޭނީ އީފާހުގެ ލޮގްއިންއިން ކަމަށާއި، ލޮގްއިން ޖަހާ ނިމުމުން ދެން އަންނާނީ އެސްއެމްއެސް ކޯޑެއް ކަމަށާއި އެއީ ޓޫފެކްޓަރ އޯތެންޓިފިކޭޝަން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަަމަވެސް، އެސްއެމްއެސް ކޯޑަކުން ވެރިފައި ކޮށްގެން މި ޒަމާނުގައި ނިންމައިނުލެވޭނެ ކަމަށާއި، އެހެންކަމުން މި ނިޒާމަށް ވަނުމުގެ ކުރިން ފޭސް ވެރިފައިކުރަން ޖެހޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ނިޒާމަށް ވަދެވޭނީ މަލްޓި ފެކްޓަރ ވެރިފިކޭޝަންއަށްފަހު ކަމަށެވެ. އެ ހިސާބުން ޑިޖިޓަލް އައިޑެންޓިޓީ ކާޑުގެ ހިދުމަތް އެކިއެކި ހިދުމަތްތަކަށް ބޭނުންކުރެވޭނެކަމަށާއި، މި ހިދުމަތް ހާއްސަ ގޮތެއްގައި މުހިންމުވާނީ ކަށަވަރުކަން ބޭނުންވާ ހިދުމަތްތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

އިތުރަށް ޝަރީފް ވިދާޅުވީ ތިން ގޮތަކަށް ޑިޖިޓަލް އައިޑެންޓިޓީ ކާޑު ދޫކުރާ ކަމަށެވެ. އޭނާ ވިދާޅުވީ ދެ ތަނެއްގައި ޑިޖިޓަލް އައިޑީ ބޭނުންކުރެވޭނެ ކަމަށެވެ. އެއީ އެހެން މީހެއްގެ ކުރިމަތީގައާއި ސައިބަރ ސްޕޭސްގައި ކަމަށެވެ.

ޑިޖިޓަލް އައިޑެންޓިޓީ ކާޑުގައި ހުރި މައުލޫމާތު ރުހުމާއެކު އެހެން މީހަކަށް ހިއްސާކުރަން ބޭނުންނަމަ ކިއުއާރް ކޯޑެއްގެ އެހީގައި އެކަން ކުރެވޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އެ ކިއުއާރް ކޯޑަކީ 15 ސިކުންތުން ބަދަލުވާ ކޯޑެއް ކަމަށާއި އެހެންކަމުން އެ ކޯޑުގެ ފޮޓޯއެއް ނަގައިގެން ގޮސް ފަހުން އެ މައުލޫމާތު ނުހޯދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ކިއުއާރް ކޯޑުން މައުލޫމާތު ނެގޭނީ ހަމައެކަނި އެ ކަމުގެ ހުއްދަ އޮންނަ މީހުންނަށް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް