ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރެއްވި 45 މެމްބަރުންގެ ތެރޭގައި ޕީޕީއެމްގެ 11 މެމްބަރުން ހިމެނިއްޖެއެވެ.
ޕީޕީއެމްގެ 11 މެމްބަރުންނާ އެކު މަސީހުގެ އިތުބާރު ނެތްކަމުގެ ސޮއި ހުށައަޅާފައިވާއިރު މިއީ މަސީހުގެ މައްސަލަ މަޖިލީހަށް ވެއްދި ތިން ވަނަ ފަހަރެވެ.
މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޕީޕީއެމުން ސޮއިކުރެއްވީ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަގެނތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދު އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގްގެ އިތުރުން ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އެވެ. މީގެ އިތުރުން މީގެ ކުރިން ވެސް ސަރުކާރާ ދެކޮޅަށް އަޑު އުފުއްލަވަމުން ގެންދެވި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ހިމެނިވަޑައިގަންނަވައެވެ.
މީގެ އިދިރިކޮޅު ފަރާތްތަކާ އެކު މީގެ ކުރިން ފާޅުގައި މަސައްކަތްކުރައްވަމުން އަންނަ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް، ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފް ހިމެނިވަޑައިގަންނަވައެވެ.