Advertisement
ކ. މާލެ
|
28 ފެބްރުއަރީ 2023 | އަންގާރަ 20:36
އއ. މާޅޮހަށް ގެންދިޔަ އައު ޖަނަރޭޓަރު ސެޓު
އއ. މާޅޮހަށް ގެންދިޔަ އައު ޖަނަރޭޓަރު ސެޓު
ސްޓެލްކޯ
މާޅޮހުގެ ކަރަންޓު ކެޕޭސިޓީ
މާޅޮހުގެ ކަރަންޓު ކެޕޭސިޓީ އިތުރުކޮށްފި
300 ކިލޯވޮޓުގެ އައު ޖަނަރޭޓަރު ސެޓެއް ވަނީ ފޮނުވާފައި
އައު ޖަނަރޭޓަރު ސެޓު މިހާރު ވަނީ ބޭނުންކުރަން ފަށާފައި

ސްޓެލްކޯއިން އއ. މާޅޮހުގެ ކަރަންޓު ކެޕޭސިޓީ އިތުރުކޮށްފިއެވެ.

Advertisement

އެކުންފުނިން މާޅޮހަށް ކަރަންޓުގެ ޚިދުމަތް ދެމުންގެންދާއިރު، މި ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށްޓަކައި 300 ކިލޯވޮޓުގެ އައު ޖަނަރޭޓަރު ސެޓެއް އެރަށަށް ފޮނުވާފައިވާކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ބުނީ މިހާރު މި ޖަނަރޭޓަރު ސެޓު ކޮމިޝަންކޮށް، ބޭނުންކުރަން ފަށާފައިވާކަމަށެވެ.

މިއާއެކު މާޅޮހުގެ ކަރަންޓު ކެޕޭސިޓީ 679 ކިލޯވޮޓުން 816 ކިލޯވޮޓަށް އިތުރުކުރެވިފައިވާކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް