ކ. މާލެ
|
28 ފެބްރުއަރީ 2023 | އަންގާރަ 18:55
އެމެރިކާގެ ސަރުކާރު މުއައްސަސާތަކުގެ ސިސްޓަމްތަކުގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރުން
އެމެރިކާގެ ސަރުކާރު މުއައްސަސާތަކުގެ ސިސްޓަމްތަކުގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރުން
ސީ.އެން.އެން
އެމެރިކާގެ ސަރުކާރު މުއައްސަސާތަކުން ޓިކްޓޮކް މަނާ
އެމެރިކާގެ ސަރުކާރު މުއައްސަސާތަކުގެ ސިސްޓަމްތަކުގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރަން 30 ދުވަސް
އެކި ފަރާތްތަކުން ދަނީ މުޅި އެއްކޮށް، އެގައުމުގައި ޓިކްޓޮކް ބޭނުން ކުރުން މަނާކުރުމަށް ގޮވާލަމުން
އެމެރިކާގެ އިތުރުން ކެނެޑާ އާއި ޓައިވާން އަދި ޔޫަރަޕިއަން ޔޫނިއަންގެ ގިނަ ގައުމަކުން ވަނީ ޓިކްޓޮކް ބޭނުން ކުރުން މަނާކޮށްފައި
ހުރިހާ ފެޑެރަލް އިދާރާތަކެއްގެ ފޯނާއި ސިސްޓަމްތަކުން ޓިކްޓޮކް ނައްތާލައި މައުލޫމާތުތައް ހޯދުމުގެ ފުރުސަތު ނުދިނުމަށް ސަރުކާރުން ވަނީ ބުނެފައި

އެމެރިކާ ސަރުކާރުގެ މުއައްސަސާތަކެއްގެ ޑިވައިސްތަކާއި ސިސްޓަމްތަކުގައި ޗައިނާގެ އެޕް ޓިކްޓޮކް ބޭނުންކުރުން މަނާކޮށް، އެތަކެތީގައި އެ އެޕް ނެތްކަން ޔަގީންކުރުމަށް ވައިޓް ހައުސް އިން 30 ދުވަހުގެ މުއްދަތެއް ދީފިއެވެ.

މިއީ އެމެރިކާގެ ޑޭޓާ ރައްކާތެރިކޮށް ބެހެއްޓުމުގެ ގޮތުން އެގައުމުގެ ސަރުކާރުން ނިންމި ނިންމުމެކެވެ. އެގޮތުން ހުރިހާ ފެޑެރަލް އިދާރާތަކެއްގެ ފޯނާއި ސިސްޓަމްތަކުން ޓިކްޓޮކް ނައްތާލައި މައުލޫމާތުތައް ހޯދުމުގެ ފުރުސަތު ނުދިނުން މުހިންމު ކަމަށް އެގައުމުގެ ސަރުކާރުން ފާހަގަކުރެއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ކޮންގްރެސްއިން އަމުރުކުރި މި މަނާކުރުން، އެމެރިކާގެ އިތުރުން ކެނެޑާ އާއި ޓައިވާން އަދި ޔޫަރަޕިއަން ޔޫނިއަންގެ ގިނަ ގައުމަކުން ވަނީ އަމުރުކޮށްފައެވެ.

މީގެ އިތުރުން އެމެރިކާގެ ބައެއް ފަރާތްތަކުން ދަނީ މުޅި އެއްކޮށް، އެގައުމުގައި ޓިކްޓޮކް ބޭނުން ކުރުން މަނާކުރުމަށް ގޮވާލަމުންނެވެ.

އެމެރިކާއިން ޗައިނާއާ މެދު ގައުމީ ސަލާމަތާ ބެހޭ ކަންބޮޑުވުންތައް ފާއިތުވި ހަފްތާތަކުގައި އިތުރުވެފައިވަނީ "ސްޕައި ބެލޫން" ހާދިސާއަށް ފަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް