ކ. މާލެ
|
28 ފެބްރުއަރީ 2023 | އަންގާރަ 07:06
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ރާއްޖެއެމްވީ
ސަވާދީއްތަ ދަތުރު
ސަވާދީއްތަ ދަތުރުން ބޮޑު އީދަށް ރަށްރަށް ވިދާލާނެ: މިނިސްޓަރު މައުސޫމް
ސަވާދީއްތަ ދަތުރުގެ ސަބަބުން ރަށްރަށުގެ މެދުގައި ވާދަވެރިކަން އިތުރުވާނެ

ސަވާދީއްތަ ދަތުރުގެ ސަބަބުން ބޮޑު އީދަށް ވާންވާއިރަށް ރާއްޖޭގެ ބައެއް ރަށްރަށް ވިދާލާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ސަވާދީއްތަ ދަތުރުގެ ސަބަބުން ލޯކަލް ޓޫރިޒަމް ފުޅާ ރަށްރަށުގެ މެދުގައި ވާދަވެރިކަން އިތުރުވެގެންދާނެ ކަމަށެވެ. އައު ޚިދުމަތްތައް ގާއިމްކުރުމާއި ގެސްޓްހައުސްތައް އިތުރުކުރުން ފަދަ ކަންކަން ކުރިއަށްދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނޫނަސް ސީޒަނާ ދިމާކޮށް ރަށްރަށަށް ފައިދާވާނެ ގޮތަށް ވިޔަފާރިތައް ފުޅާކުރުމަކީ ކޮންމެ ރަށަކުންވެސް ކުރާ ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިދިޔަ ބޮޑު އީދުގައިވެސް ރަށްރަށުގެ މެދުގައި މިފަދަ ވާދަވެރިކަން ފެނިގެންދިޔަ ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

މިދިޔަ އަހަރު ބޮޑުއީދުގައި އަޅުގަނޑު ވަރަށް ހިތްހަމަޖެހުނު. އެއް ރަށާއި އަނެއް ރަށާ ވާދަވެރިކަން ފުދޭވަރަކަށް އޮތް. މިހާރުވެސް ރަށްރަށުގައި ޕެކޭޖު ހަދަން ފަށައިފި.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

އެމްއައިޓީސީން އިންތިޒާމުކޮށްގެން ބާއްވާ ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަން މާރޗް 1 ވަނަ ދުވަހު ފަށާނެއެވެ. މިއަހަރުގެ ދަތުރު ފަށަނީ ނ. ލަންދޫއިންނެވެ. މާރޗް 18ގެ ނިޔަލަށް ދެމިގެންދާ މި ދަތުރުގައި 9 ރަށަކަށް ދަތުރުކުރަން ވަނީ ނިންމާފައެވެ. އެރަށްތަކަކީ ނ. ލަންދޫ، ޅ. ހިންނަވަރު، ބ. ގޮއިދޫ، އއ. ތޮއްޑޫ، އއ. ރަސްދޫ، އއ. އުކުޅަސް، އދ. ދަނގެތި، އދ. ދިގުރަށް އަދި އދ. މާމިނގިިއްޔެވެ.

މި ދަތުރުގައި ރަށްރަށަށް ގޮސް، ރަށްރަށުން ތަޖުރިބާކުރެވެން ހުންނަ ކަންކަން ތަޖުރިބާކުރާނެއެވެ. މިއީ ރަށްރަށްވެސް އިޝްތިހާރުކުރެވިގެންދާނެ ކަމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް