Advertisement
ކ. މާލެ
|
27 ފެބްރުއަރީ 2023 | ހޯމަ 11:42
މޭޖާ އިބްރާހިމް ނަވީން ޒުބައިރު
މޭޖާ އިބްރާހިމް ނަވީން ޒުބައިރު
އެމްއެންޑީއެފް
އެމްއެމްޕީއާރްސީ ހިޔާނާތް
އެމްއެމްޕީއާރްސީ ހިޔާނާތް: މަނީ ލޯންޑަރިންގ ހިމެނޭހެން މޭޖަރ ނަވީނަށް 6 ދައުވާއެއް ކޮށްދޭން އޭސީސީން އެދިއްޖެ
އޭސީސީން އޭރު ނެރުނު ރިޕޯޓުގައިވެސް ނަވީންގެ ނަން ހިމެނިފައިވޭ
މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި މީހަކަށް ނުވަތަ ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ހިމެނޭ
މި މައްސަލައިގައި ދަޢުލަތަށް ލިބެންޖެހޭ 100,000.00 އެމެރިކާ ޑޮލަރު އަނބުރާ ހޯދުމަށް އެދިފައިވޭ

 އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތުގެ މައްސަލައިގައި ހިމެނޭ ކ. މާލެ، މ. ކަށިމާގެ އިބްރާހީމް ނަވީން ޒުބައިރުގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން މައުލޫމާތު ދޭ ގޮތުގައި މިމައްސަލައިގައި އިބްރާހީމް ނަވީން ޒުބައިރުގެ މައްޗަށް ދަޢުވާކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ރިޝްވަތު ހިފުމާއި، ރިޝްވަތު ލިބިގަތުމަށް އެދުމާއި، ރިޝްވަތު ލިބިގަތުމަށް އެއްބަސްވުމާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކެޕްޓަންއެއްގެ މަޤާމުގައިހުރެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި މީހަކަށް ނުވަތަ ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ އިތުރުން، ރިޝްވަތުގެ ކުށުން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި ބޭނުންކުރުމުގެ ކުށާއި، މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާއެވެ.

Advertisement

މިއާއެކު މި މައްސަލައިގައި ދަޢުލަތަށް ލިބެންޖެހޭ 100,000.00 (އެއްލައްކަ އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ)އަށް ވަނީ އަންގާފައެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލަ ތަހުގީގުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން އޭރު ނެރުނު ރިޕޯޓުގައިވެސް ނަވީންގެ ނަން ހިމެނިފައިވެއެވެ. އެކަމާ ގުޅިގެން އޭރު އޭނާ ސަސްޕެންޑުވެސް ކުރިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް