ކ. މާލެ
|
27 ފެބްރުއަރީ 2023 | ހޯމަ 07:11
ނާއިބު ރައީސް ފައިސަލް ނަސީމް
ނާއިބު ރައީސް ފައިސަލް ނަސީމް
ރައީސް އޮފީސް
ރާއްޖެ ލާމަރުކަޒުކުރުން
މި ސަރުކާރުން ދަތުރު ފެށީ ހަގީގީ މާނައިގައި ރާއްޖެ ލާމަރުކަޒުކުރުމަށް: ނާއިބު ރައީސް
އެތަނަކަށް ޖަމާވެފައިވާ ބާރުތައް ކައުންސިލްތަކަށް ދޫކޮށްލީ މި ސަރުކާރުން
ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ފަންނީ މީހުން ބިނާކުރުން މުހިންމު

މި ސަރުކާރުން ދަތުރު ފެށީ ހަގީގީ މާނައިގައި ރާއްޖެ ލާމަރުކަޒު ކުރުމަށް ކަމަށް ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނާއިބު ރައީސް މިހެން ވިދާޅުވީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް (އެމްއައިއެލްޖީ) ރަސްމީގޮތުން އިފުތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނާއިބު ރައީސް ވިދާޅުވީ މި ސަރުކާރަކީ އެއްތަނަކަށް ޖަމާވެފައިވާ ބާރުތައް ލާމަރުކަޒުކޮށް ރަށްތަކުގެ ކައުންސިލްތަކަށް ދޫކޮށްލައި، ރައްޔިތުންނަށް ޚިދުމަތްތައް ފަސޭހަކޮށް ލިބޭގޮތަށް މަގުފަހިކޮށްދިނުމަށް ވަރަށްބޮޑު އަހައްމިއްޔަތުކަމެއްދޭ ސަރުކާރެއްކަމަށެވެ. އެގޮތުން މި ސަރުކާރުން ފެށި ދަތުރަކީ ހަގީގީ މާނައިގައި ރާއްޖެ ލާމަރުކަޒުކުރުންކަން ފާހަގަކުރައްވައި ލާމަރުކަޒީ ނިޒާމަށާއި ޚާއްސަކޮށް އަންހެނުން ބާރުވެރިކުރުމަށް ކުރި މަސައްކަތްތަކާއި އެކަންކަމުގައި ހޯދުނު ކުރިއެރުންތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމާއި ވަސީލަތްތައް ޤާއިމުކުރުމަށް ކުރާ މަސައްކަތްތަކެކޭ އެއްފަދައިން އެކަށޭނަ ޤާބިލު މީހުން އުފެއްދުމަށް އިސްކަންދޭންޖެހޭކަމުގައި ނާއިބު ރައީސް ވިދާޅުވިއެވެ.  

އާދިއްތަ ދުވަހު އިފްތިތާހުކުރި އެމްއައިއެލްޖީ އަކީ ލާމަރުކަޒީ އުސޫލުން ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ ތަމްރީނުތައް ކަނޑައަޅައި އެ ތަމްރީނު ޕްރޮގްރާމްތައް ފަރުމާކޮށް ފެންވަރު ރަނގަޅު ތަމްރީނުތައް ހިންގުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން އުފައްދާފައިވާ އިންސްޓިޓިއުޓެކެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސްގެ ވެބްސައިޓް ވެސް އިފުތިތާޙްކޮށްދެއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް