ކ. މާލެ
|
23 ފެބްރުއަރީ 2023 | ބުރާސްފަތި 21:57
އެމްޑީއޭއާއި ޕީޕީއެމްގެ ބައްދަލުވުން
އެމްޑީއޭއާއި ޕީޕީއެމްގެ ބައްދަލުވުން
އެމްޑީއޭ - ޕީޕީއެމް
މިއީ ވަކިނުވެވޭވަރުގެ ގާތް ދެ ޕާޓީ، އެމްޑީއޭއާއެކު ކޯލިޝަން ހެދުމުގެ އުންމީދު ބޮޑު: ޕީޕީއެމް
މިހާތަނަށް ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދަން ނިންމާފައިވަނީ އެމްޑީޕީއާއި އަދާލަތު ޕާޓީ

ޕީޕީއެމްއާއި އެމްޑީއޭއަކީ ވަކިނުވެވޭވަރުގެ ގާތް ދެ ޕާޓީކަމަށާއި ކޯލިޝަން ހެދުމުގެ އުންމީދު ބޮޑުކަމަށް ޕީޕީއެމްގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އެ ދެޕާޓީގެ ވަރަށް ރީތި ތާރީހެއް އޮންނާނެކަމަށާއި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީނާއި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދަކީ ވަރަށް ގާތް ދެ ބޭފުޅުން ކަމަށް ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގައި އެންމެ މުހިންމު ބައިވެރިއަކީ އެމްޑީއޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދެ ޕާޓީގެ ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށާއި، އެމްޑީއޭއަކީ ރައީސް ޔާމީންގެ ވެރިކަމުގައި ވަރަށް ކާމިޔާބު ކޯލިޝަނެއްގެ ގޮތުގައި އޮތް ބައިވެރިއެެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި އެމްޑީއޭއާއި ޕީޕީއެމް ކޯލިޝަނަކީ ވަކިނުވެވޭހާ ގާތް ދެ ޕާޓީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Advertisement

މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީއޭގެ ރައީސް ސިޔާމް ވާދަ ނުކުރައްވަން ނިންމަވައި، އެ އިންތިހާބުގައި ކޮންމެވެސް އެއް ޕާޓީއަކާއެކު ކޯލިޝަން ހަދަން ވަނީ ނިންމާފައެވެ. އެހެންވެ، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއާއި އިދިކޮޅު ކޯލިޝަނުންވެސް ވަނީ އެމްޑީއޭއާއެކު ކޯލިޝަން ހަދަން މަޝްވަރާކޮށްފައެވެ. އެހެން ނަމަވެސް، އެމްޑީއޭއިން ކޯލިޝަން ހަދާނެ ވަކި ޕާޓީއަކާމެދު ގޮތެއް ނިންމާފައެއް ނުވެއެވެ.

މިހާތަނަށް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހަދަން ނިންމާފައިވަނީ އެމްޑީޕީއާއި އަދާލަތު ޕާޓީންނެވެ. އެމްޑީޕީން ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަންގެ ނުރަސްމީ މަޝްވަރާތަކެއް ކޮށްފައި ވިޔަސް، އެ ކަމަށް ގޮތެއް ނިންމާނެކަމަށް ބެލެވެނީ ހުކުރު ދުވަހު ބާއްވާ ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް