ބޭރަށް ހިންގާތީ ޑޮކްޓަރަށް ދައްކާ ކުދިންގެ އަދަދު އިތުރުވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ވޭތުވެ ދިޔަ ތިން ދުވަހު ބޭރަށް ހިންގުމާއި ހޮޑުލެވިގެން ޑޮކްޓަރަށް ދައްކާ މީހުން އިތުރުވެފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އެހެންވެ، ސާފުތާހިރު ކަމަށާއި ބަލިން ރައްކާތެރިވުމުގެ ކަންކަމަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
lncreased incidences of diarrhoea and vomitting notified last 3 days. Please practice safe and hygienic behaviour for #prevention. @MoH_mv
— HPA Maldives (@HPA_MV) July 2, 2017
ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ ނިޔާފު ވެސް ވަނީ މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ޑޮކްޓަރ ނިޔާފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޭރަށް ހިންގާތީއާއި ހޮޑުލާތީ ކުޑަކުދިން ޑޮކްޓަރަށް ދައްކާ އަދަދު ގިނަވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި ހުރިހާ ފަރާތްތަކުންވެސް ކާ އެއްޗިސްއާއި މެދު ސަމާލުވުމަށެވެ. އަދި އެމީހެއްގެ އަމިއްލަ ސާފުތާހިރުކަމަށް އަހަމިއްޔަތުކަން ދިނުމަށްވެސް ނިޔާފް ވަނީ އިލްތިމާސްކޮށްފައެވެ.
Diarrhea can affect anyone of any age. Small kids & elderly are particularly vulnerable.
— Abdulla Niyaf (@niyaf) July 2, 2017
Stay well.