Advertisement
ކ. މާލެ
|
23 ފެބްރުއަރީ 2023 | ބުރާސްފަތި 02:24
ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ
ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ
މަޖިލިސް
ގުރައިދޫ ދާއިރާގެ މެންބަރު އަވަހާރަވުން
ގުރައިދޫ ދާއިރާގެ މެންބަރު ރިޒާ އަވަހާރަވެއްޖެ
ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުންކަމަށް މައުލޫމާތު ލިބޭ

ކ.ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ ބުދަ ދުވަހުގެ ރޭ އަވަހާރަވެއްޖެއެވެ.

ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުންކަމަށް މައުލޫމާތު ލިބެއެވެ. އާލާސްކަންފުޅާ އުޅުއްވާތީ މި ފަހުން އޭނާ ގިނައިން އުޅުއްވީ ފަރުވާއަށް ރާއްޖޭން ބޭރުގައެވެ. އަވަހާރަވީ މެލޭޝިޔާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

Advertisement

ޕީޕީއެމްގެ މެންބަރެއް ކަމަށްވާ ރިޒާ ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގަޔާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް މެންބަރުކަން ކުރައްވާފައެވެ. އޭނާ ވަނީ ކުރީގެ ސަރުކާރުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ހޮވާ މެންބަރެއްގެ ގޮތުގައި ވެސް ހިމެނިވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް