އޭސީސީ ޗެލެންޖަރސް ކަޕްގައި ވާދަކުރާ ގައުމީ ކްރިކެޓް ޓީމްގެ ކެޕްޓަނަކަށް އާދަމް ނާސިފް އުމަރު ހަމަޖައްސައިފިއެވެ.
އެންމެފަހުން ޓީމްގެ ކެޕްޓަނަކަށް ހުރި އަޒްޔާން ފަރުހަތު ޖަލީލް ހުރީ އަނިޔާގައެވެ. މިމަހު ތައިލެންޑްގައި ފަށާ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމްގެ ވައިސް ކެޕްޓަނަކީ އަހުމަދު އަމީލްއެވެ. އޮސްޓްރޭލިޔާގައި ތަމްރީނު ހަދަމުން އަންނަ ބާރު އުކުންތެރިޔާ ހަސަން އިބްރާހީމްވެސް ޓީމާއެކު މުބާރާތަށް ދާނެއެވެ. ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު މަހުފޫޒްވެސް ޓީމްގައި ހިމެނެއެވެ. ކޯޗަކީ އަހުމަދު ނީޝާމްއެވެ. އެސިސްޓެންޓް ކޯޗަކީ އިމާދު އިސްމާއީލެވެ.
![](https://dyncz33htw1ec.cloudfront.net/posts/92e765f5-f707-474f-9312-68446d84787e.png)
މުބާރާތް އޮންނާނީ މިމަހުގެ 24ން އަންނަ މާރޗް މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ. މިމުބާރާތަކީ އޭސީސީ ކްރިކެޓް ކައުންސިލް (އޭސީސީ) އޭޝިޔަންކަޕް 2023ގެ ކޮލިފައިން ފުރަތަމަ ބުރުގައި ކުޅޭ މުބާރާތެވެ. އަށް ގައުމު ވާދަކުރާ މުބާރާތުގައި ރާއްޖެ ހިމެނެނީ ބަހުރެއިން, ބޫޓާން އަދި އީރާނާއެކު ގްރޫޕް އޭގައެވެ.