Advertisement
ކ. މާލެ
|
14 ފެބްރުއަރީ 2023 | އަންގާރަ 23:13
އަމީނީ މަގުގައި ތާރު އަޅަން ފެށުން އަމީނީ މަގު ސަރަހައްދުގެ ރައްޔިތުންގެ ފަރާތުން ބޭއްވި ބޮނޑިބަތް ކެއުން
އަމީނީ މަގުގައި ތާރު އަޅަން ފެށުން އަމީނީ މަގު ސަރަހައްދުގެ ރައްޔިތުންގެ ފަރާތުން ބޭއްވި ބޮނޑިބަތް ކެއުން
ރާއްޖެއެމްވީ
އަމީނީ މަގުގައި ތާރުއަޅަން ފެށުން
އަމީނީ މަގުގައި ތާރު އަޅަން ފެށުމާއެކު އެ ސަރަހައްދުގެ ރައްޔިތުންގެ ފަރާތުން ޚާއްސަ ބޮނޑިބަތް ކެއުމެއް
މި ކެއުމުންވެސް ދައްކައިދެނީ އެހިސާބުގެ ރައްޔިތުން ސަރުކާރާއެކު ތިބިކަން

އަމީނީ މަގުގައި ތާރު އަޅަން ފެށުމާއެކު އެ ސަރަހައްދުގެ ރައްޔިތުންގެ ފަރާތުން ޚާއްސަ ބޮނޑިބަތް ކެއުމެއް ބާއްވައިފިއެވެ.

މި ކެއުން އިންތިޒާމްކުރި ފަރާތުން ބުނީ މިކަމަށް ހިސާބުގަނޑުގެ އެންމެންގެ އެއްބާރުލުން ލިބުނުކަމަށެވެ.

އެމްޓީސީސީ، އާރްޑީސީ އަދި ސަރުކާރުން މިހާ ބޮޑު މަސައްކަތެއްކޮށް ނިންމާތީ، އެކަމަށް ޝުކުރުވެރިވާ ކަމަށާއި މި ކެއުމުންވެސް ދައްކައިދެނީ އެ ހިސާބުގެ ރައްޔިތުން ސަރުކާރާއެކު ތިބިކަން ކަމަށް ބުންޏެވެ.

Advertisement

އަމީނީ މަގުގެ މަޝްރޫއު ނިމުމުން އެކަމުގެ ފައިދާ ވިޔަފާރިވެރިންނަށް ކުރާނެކަމަށާއި ވަރަށް ގިނަ ކަންތައްތަކަށް މަގުފަހިވެގެންދާނެ ކަމަށްވެސް ބުންޏެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ތާރު އެޅުމުގެ އަމަލީ މަސައްކަތް އާރްޑީސީން ފެށީ 12 ސެޕްޓެމްބަރު 2022ގައެވެ. އެ މަސައްކަތް ކުރިއަށްދިޔައިރު، އަމީނީ މަގަކީ ފެނާއި ނަރުދަމާގެ މައި ހޮޅިތަކުގެ އިތުރުން އެހެން ނެޓްވޯރކްތަކުގެވެސް މައި ހޮޅިތައް ވަޅުލާފައިވާ މަގަކަށްވުމުން، އެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގައި ދަތިތައް ހުރިކަން އާރްޑީސީން ފާހަގަކުރިއެވެ.

މި މަޝްރޫއުގައި، ނުކުޅެދުންތެރިކަން ހުންނަފަރާތްތަކަށް ހިނގާބިނގާވެ އުޅުމަށް ފަސޭހަވާނެ ގޮތަށް، ދުވާރުގައި ބްރެއިލް ބްލޮކް ޖެހުމާއި ވީލްޗެއަރ އެކްސެސް ގާއިމްކުރުން ހިމެނެއެވެ. އަދި ސްޓޭކް ހޯލްޑަރުންގެ ކޭބަލްތައް އެޅުމަށްޓަކައި މަގުގެ ދެފަޅީގައި ކޭބަލްޓްރޭ އެޅުމާއެކު، އެޗްވީ ކޭބަލަށް ޚާއްސަކޮށްގެން ޖަންގުޝަންތަކެއްވެސް ބަހައްޓާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް
15 ފެބްރުއަރީ 2023 | ބުދަ 08:18
މ.ސަޢީދާ
އަމީނީ މަގުގައި ތާރު އަޅުން އެއާ ވަރަށް އުފާކުރަކަމެއް އެ ސަރަހައްދުގެ ރައްޔިތެއްގެ ހައިސިއްޔަތުން ބުނެލަން ބޭނުން. ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ތަރައްގީއަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވާ ކިދި ބޮޑު އެންމެހާ ފަރަތްތަކަށް ފަށްފަށުން ޝުކުރު ދަންނަވަން. މާތް ﷲ ގެ ރަހުމަތްފެޅުން ރާއްޖެއަށް ކުރިއެރުން ދެއްވާށި. އާމީން......