ކ. މާލެ
|
14 ފެބްރުއަރީ 2023 | އަންގާރަ 19:00
ހިސާން (ވ)
ހިސާން (ވ)
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގުން ހިސާނަށް
ހިސާން އަކީ މެލޭޝިޔާގެ ސަންވޭ ކޮލެޖުން 2016 ވަނަ އަހަރު ބެޗެލަރސް އޮފް ބިޒްނަސް އިންޓަރނޭޝަނަލް ޓްރޭޑް އެންޑް މަރކެޓިންގ ހާސިލްކުރައްވައިފައިވާ ބޭފުޅެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީ، ކޮމިއުނިކޭޝަންސްގެ މަގާމަށް ‎ސ. ހިތަދޫ، ނަންރީތިގެ، މުޙައްމަދު ޙިސާން ޢަލީ ފަހްމީ އައްޔަންކުރައްވައިފިއެވެ.

ހިސާން މީގެ ކުރިން ހުންނެވީ ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަގާމުގައެވެ. އޭނާ ސެކްރެޓެރީ، ކޮމިއުނިކޭޝަންސްގެ މަގާމަށް އައްޔަންކުރައްވާފައި ވަނީ އަންޑަރ ސެކްރެޓެރީގެ މަގާމުން ވަކިކުރެއްވުމަށްފަހުގައެވެ.

ހިސާން އަކީ މެލޭޝިޔާގެ ސަންވޭ ކޮލެޖުން 2016 ވަނަ އަހަރު ބެޗެލަރސް އޮފް ބިޒްނަސް އިންޓަރނޭޝަނަލް ޓްރޭޑް އެންޑް މަރކެޓިންގ ހާސިލްކުރައްވައިފައިވާ ބޭފުޅެކެވެ.

މި ގެނައި ބަދަލާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގެވުމުގެ ޒިންމާތަކާއި، ކޮމިއުނިކޭޝަންސް އޮފީހުގެ އެންމެހައި މަސައްކަތްތައް ބަލަހައްޓަވައި، ވިލަރެސްކުރައްވާނީ ހިސާންގެ ބެއްލެވުމުގެ ދަށުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް