Advertisement
ކ. މާލެ
|
2 ޖުލައި 2017 | އާދީއްތަ 10:04
އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ
އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ
ރާއްޖެއެމްވީ
ރާއްޖެޓީވީގެ ފަލަ ސުރުހީ
ފެތެމުންދާ އޮޑިއެއްގައި މެމްބަރުންވެސް މިނިސްޓަރުންވެސް ނުތިއްބަވާނެ: އަހުމަދު
މިނިސްޓަރު ޝައިނީގެ އިސްތިއުފާއަށް މެމްބަރު ތޯރިގް ގޮވާލެއްވި ގޮވާލެއްވުން ތަކުރާރު ކުރައްވާނެ މެމްބަރުން އެބަތިއްބެވި
ސަރުކާރުން އަޅާލަނީ ސަރުކާރަށް ވާގިވެރިވާ މަދު މީސްކޮޅަކަށް
ހައްގުތަށް ކަށަވަރުވާން ޖެހޭ، ރައީސަކަސް ވަޒީރަކަސް ގާނޫނާއި ގާނޫނުއަސާސީން އިސްތިސްނާއެއް ނުވާނެ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރު ވަރަށް ބޮޑަށް ބަލިކަށިވެއްޖެ ކަމަށާއި ފެތެމުންދާ އޮޑިއެއްގައި އެއްވެސް މީހަކު ހުންނަން ބޭނުންނުވާނެ ކަމަށާއި އެގޮތުން ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ މިނިސްޓަރުންވެސް ފެތެމުންދާ އޮޑިއެއްގައި ހުންނަވަން ބޭނުންނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ހޮނިހިރު ދުވަހުގެ ރޭގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަހުމަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ސަރުކާރުގެ ބައެއް މިނިސްޓަރުންގެ އިސްތިއުފާއަށް ގޮވާލަމުންދާ ދަނޑިވަޅެއްގައި ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުން ސަރުކާރުގެ މިނިސްޓަރުންނާއި ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނަށް މަޖިލީހުގެ ތާއީދު އެބަ އޮތް ކަމަށް ވިދާޅުވާން މިހާރު ޖެހިވަޑައިގަންނަވާފައި މިވަނީ ހަމަ ހަގީގަތުގައި މަޖިލީހުގެ ތާއީދު ސަރުކާރަށް ގެއްލެމުންދާތީ ކަމަށެވެ.

އަހުމަދު ވިދާޅުވީ ސަރުކާރުގެ ސުޕަރ މެޖޯރިޓީ އޮތްއިރު، ސަރުކާރުގެ މިނިސަޓަރުންނާއި ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނަށް މަޖިލީހުގެ ތާއީދު އެބައޮތްކަމަށް ވިދާޅުވާން ނުޖެހި މިހާރު ތާއީދު އެބައޮތް ކަމަށް ވިދާޅުވާންޖެހޭ ސަބަބަކީ މަޖިލީހުން ސަރުކާރުގެ މެޖޯރިޓީ ގެއްލެމުންދާތީ ކަމަށެވެ.

އަހުމަދު ވިދާޅުވީ ސަރުކާރަށް ނިސްބަތްވާ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް، ސަރުކާރުގެ އެންމެ އިސް އެއްވަޒީރު ކަމަށްވާ ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލެއްވި ގޮވާލެއްވުން ތަކުރާރު ކުރައްވާނެ، އަދި ސަރުކާރުގެ ބައެއް މިނިސްޓަރުންގެ އިސްތިއުފާއަށް ގޮވާލައްވާނެ އެތައް މެމްބަރުންނެއް ސަރުކާރު ކޯލިޝަންގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ ގޮތުގައި އެބަތިއްބެވި ކަމަށެވެ.

ހަމަ އެގޮތަށް ސަރުކާރުގެ ބައެއް މިނިސްޓަރުން ވެސް ރައީސް ޔާމީން ކަންކަން ކުރައްވާގޮތާމެދު ހިތްހަމަ ޖެހިވަޑައިނުގަންނަވާ ކަމަށާއި، ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން މިހާރު ކުރަމުންދާ މަސައްކަތްތަކުގައި ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުންގެ އެހީތެރިކަމާއި ބައިވެރިވުން ލިބެމުންދާއިރު މި ސަރުކާރުގެ ބައެއް މިނިސްޓަރުގެ ބައިވެރިވުން ލިބިގެން ދިއުމަކީ ވަރަށް ބޮޑަށް ގަބޫލުކުރެއްވޭ ކަމެއް ކަމަށް އަހުމަދު ވިދާޅުވި އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް