ކ. މާލެ
|
2 ޖުލައި 2017 | އާދީއްތަ 08:32
ސްކޫލުތަކުގެ ކިޔެވުން ފެށުން
ސްކޫލުތަކުގެ ކިޔެވުން ފެށުން
މުހައްމަދު ޝަރުހާން
ޢީދު ބަންދު ނިމުން
ފިތުރު ޢީދު ޗުއްޓީއަށް ފަހު ސްކޫލުތަކާއި އޮފީސްތައް ހުޅުވައިފި
ޢީދު ބަންދަށް ހަފްތާއެއް ވަނީ ބަންދުވެފައި
އީދު ބަންދަށް އޮފީސްތައް ބަންދުވެފައިވަނީ 22 ޖޫންގައި

ފިތުރު ޢީދު ޗުއްޓީއަށް ފަހު ސްކޫލުތަކާއި އޮފީސްތައް އަލުން ހުޅުވައިފި އެވެ.

މިއަހަރުގެ ފިތުރު ޢީދު ޗުއްޓީއަށް ފަހު ސްކޫލުތަކާއި ސަރުކާރު އޮފީސްތައް ހުޅުވާފައި މިވަނީ ހަފްތާއަކަށް ބަންދުވުމަށް ފަހު އެވެ.

ދެވަނަ ޓާމްގެ ކިޔެވުން ޖޫން 18 ވަނަ ދުވަހު ހުޅުވުމަށް ފަހު  ޖޫން 22 ވަނަ ދުވަހު ސްކޫލުތަކުގެ ކިޔެވުން ބަންދުކޮށްފައިވަނީ ޢީދު ބަންދަށެވެ.

ރަމަޟާން މަހުގަ އާއި ސްކޫލުގެ ޓާމް ބަންދާއި އެކު، ސްކޫލުތަކުގެ ކުދިންނަށް ރަމަޟާން މަހު ކިޔެވުން އޮތީ ގާތްގަނޑަކަށް ދެ ހަފްތާއަށެެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިފައިވަނީ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު އެވެ.

ސްކޫލުތަކުގެ މިޑް ޓާމް ބްރޭކް ވެފައިވަނީ އައިސްފައިވަނީ މަރޗު މަހުގެ 19 އިން 23 އަށެވެ. ދެވަނަ ޓާމްގެ ކިޔެވުން ކުރިއަށްދާ އިރު މިއަހަރުގެ ކިޔެވުން ނިމޭނީ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.

 

 

- ކޮމެންޓް