Advertisement
ކ. މާލެ
|
2 ޖުލައި 2017 | އާދީއްތަ 07:50
ފޮނަދޫ ގެއަކަށް ފެންވަދެފައި
ފޮނަދޫ ގެއަކަށް ފެންވަދެފައި
ރާއްޖެއެމްވީ
ފޮނަދޫ ފެންބޮޑުވުން
ފޮނަދުއަށް ބޯކޮށް ވާރޭ ވެހޭތީ ޕްރީ ސްކޫލުތަކުގެ ކިޔެވުން ބަންދު
ފޮނަދޫ އަށް ރެއިން ފެށިގެން އަންނަނީ ބޯކޮށް ވާރޭ ވެހެމުން
މިދުވަސްވަރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ
ފޮނަދޫ ސްކޫލުގެ ހެނދުނު ދަންފަޅީގެ ކިޔެވުން ފަށާފައިވަނީ 09:00 ގައި

ފޮނަދޫ އަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން އެރަށު ޕްރީ ސްކޫލުތަކުގެ ކިޔެވުން ބަންދުކޮށްފި އެވެ

ޕްރީ ސްކޫލުތަކުގެ ކިޔެވުން ބަންދުކޮށްފައިވާއިރު ފޮނަދޫ ސެކަންޑަރީ ސްކޫލްތަކުގެ ފުރަތަމަ ދަންފަޅީގެ ކިޔެވުން، ފަށާފައި ވަނީ ހެނދުނު 09:00 ގައި އެވެ.

ފޮނަދޫ ކައުންސިލްގެ ރައީސް އަހްމަދު ރިޔާޒް ވިދާޅުވީ، ރޭ 09:15 ހާއިރު ވެހެން ފެށި ވާރޭ ރޭ 11:30 ހާއިރު ހުއްޓާލި ނަމަވެސް، ދޭތެރެ ދޭތެރެއިން ވާރޭ ވެހެމުން ދިޔަ ކަމަށެވެ. އަދި އާދީއްތަ ދުވަހު ހެނދުނު 06:30 ހުން ފެށިގެން ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހެމުން އަންނަ ކަމަށް ރިޔާޒް ވިދާޅުވި އެވެ. ​

އެރަށުގެ މަގުތަކުގައި ބޮޑުވެފައިވާ ފެންގަނޑު އަދިވެސް ނުހިނދެ އެވެ. ބައެއް މަގުތައް ހެދުމުގެ މަސައްކަތްކުރަމުންދާއިރު، އެ މަގުތަކުގައި ފެންބޮޑުވެފައިވުމުގެ ސަބަބުން ދުއްވާ އުޅަނދު ތަކަށް އުނދަގޫތައް ކުރިމަތިވެފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ފޮނަދުއަށް ހޮނިހިރު ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، ބައެއް ގޭގޭގެ ގޯތިތެރެ ފެންބޮޑުވި ނަމަވެސް، ފެން ވަދެފައިވަނީ ވަރަށް މަދު ގެއެއްގެ އެތެރެއަށް ކަމަށް ރަށު ކައުންސިލުން ބުނެ އެވެ. ގޭގެ އެތެރެއަށް ފެން ވަނުން ހައްލުކުރަން ވެލި ގޯނި ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ބައެއް ގޭގެއަށް ފެން ވަތް ނަމަވެސް ހިފާ ގެންގުޅޭ ސާމާނަށް ގެއްލުމެއް ނުލިބެ އެވެ.

ވައިގަދަވުމުގެ ސަބަބުން ބައެއް ގަސްތައް ވަނީ ވެއްޓިފަ އެވެ.

މިދުވަސް ވަރު ރާއްޖޭގެ އެކި ސަރަހައްދަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކަށް އުދައަރާނެ ކަމަށް ބެލެވޭ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވެ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް