ކ. މާލެ
|
11 ފެބްރުއަރީ 2023 | ހޮނިހިރު 09:19
ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވުން
ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވުން
ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވުން
ކުޑަގިރި ޕިކްނިކް އައިލަންޑްގެ ޚިދުމަތްތައް ކުރިއަށް އޮތްތަނުގައި އިތުރަށް ފުޅާވެގެންދާނެ: އާތިފް
ޖުމުލަ 8 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްޤީކޮށްފައިވާ ކުޑަގިރީގައި 31.5 ހެކްޓަރުގެ ފިނޮޅެއް ހިމެނޭ
އެ ތަނުގައި އެއްފަހަރާ 500 ނުވަތަ 600 މީހުންނަށް ޚިދުމަތް ދެވޭނެ

ކުރިއަށް އޮތްތަނުގައި ކުޑަގިރި ޕިކްނިކް އައިލަންޑްގެ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ (އެމްޑީ) އަހުމަދު އާތިފް ވިދާޅުވެއްޖެއެވެ.

އާތިފް މިފަދައިން ވިދާޅުވީ ކުޑަގިރި ޕިކްނިކް އައިލެންޑް ރަސްމީކޮށް ހުޅުވުމަށް ފަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ކުޑަގިރީގެ މަސައްކަތް ބެލެހެއްޓުމަށް އެޗްޑީސީ އިން އަދާކުރާ ދައުރު ފުރިހަމަ އަށް އަދާކުރުމުގައި އާއްމުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ގެ އިރުޝާދާއި އެކު އެ މަސައްކަތް ނިމުމަކީ ލިބުނު އުފަލެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެޗްޑީސީ އިން އެ ރަށް މެނޭޖްކޮށް ބެލެހެއްޓުމުގައި އަމާޒަކީ އިތުރަށް ޚިދުމަތް ފުރިހަމަކޮށްދިނުން ކަމަށް އާތިފް ވިދާޅުވިއެެވެ. އަދި އެޗްޑީސީ އިން މަސައްކަތްކުރަމުންދާނީ ރައްޔިތުންްނާއި ގާތުން ޚިދުމަތް ދިނުން ކަމަށާ އެޗްޑީސީގެ އެންމެ ބޮޑު ޒިންމާ އަކަށް ވާނީ ކުޑަގިރި އެސެޓެއްގެ ގޮތުގައި ދެމެހެއްޓުން ކަމަށް އާތިފް ވަނީ ވިދާޅުވެފައެވެ.

ޖުމުލަ 8 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްޤީކޮށްފައިވާ ކުޑަގިރިއަކީ، 31.5 ހެކްޓަރުގެ ފިނޮޅަކާއި ދަތުރުދާ މީހުން މޫދަށް އެރޭނެ ސަރަހައްދުތަކެއް ހިމެނޭހެން ތަރައްްޤީކޮށްފައިވާ ތަނެކެވެ. 3 ތަރީގެ ފެންވަރަށް ތައްޔާރުކޮށްފައިވާ މި ރަށަށް ހުުޅުމާލެ އާއި މާލެއިން 10 މިނެޓުން ދެވޭ ހިސާބުގައި އޮތް ތަނެކެވެ. ހޮނިހިރު ދުވަހު ކުޑަގިރިއަށް ދިއުމަށް ފުރުސަތު ހުޅުލީ 300 މީހުންނަށެވެ. އެ ރަށަށް ދިއުމަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނުކަން އެޗްޑީސީ އިން ފާހަގަކުރެއެވެ. އެ ތަނުގައި އެއްފަހަރާ 500 ނުވަތަ 600 މީހުންނަށް ޚިދުމަތް ދެވޭނެ ކަމަށް އެޗްޑީސީ އިން ވަނީ މީގެ ކުރިން ބުނެފައެވެ.

ކުޑަގިރިއަށް ދިއުމަށް ފެރީއަށް ދައްކަންޖެހޭނީ ކޮޅަކަށް 25 ރުފިޔާއެވެ. އަދި އެންޓްރެންސް ފީގެ ގޮތުގައި ދައްކަން ޖެހެނީ 50 ރުފިޔާއެވެ. އަދި 12 އަހަރުން ދަށުގެ ކުދިން ނަގާނީ މި އަގުތަކުގެ ދެބައިކޮށްފަ އެއްބައެވެ. ހުކުރު ހޮނިހިރު އަދި ސަރުކާރު ބަންދު ދުވަސްތަކުގައި އެ ރަށަށް ހިލޭ ދެވެއެވެ.

- ކޮމެންޓް