Advertisement
ކ. މާލެ
|
2 ޖުލައި 2017 | އާދީއްތަ 00:17
ރައީސް ޔާމީން، ޕީޕީއެމްގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވަނީ
ރައީސް ޔާމީން، ޕީޕީއެމްގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވަނީ
ރާއްޖެއެމްވީ
ރައީސް ޔާމީން
ރައީސް ޔާމީން ޕީޕީއެމްގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފި
މަޖިލީހުގެ ރައީސްގެ މަގާމުން ދުރުކުރަން ދަނީ މަސައްކަތް ކުރަމުން

ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީން ހޮނިހިރު ދުވަހުގެ ރޭ އެ ޕާޓީގެ ބައެއް އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުން ބޭއްވިކަން ނިހާނު ވަނީ ފޮޓޯއާއެކު ޓްވީޓް ކުރައްވާފަ އެވެ. ނަމަވެސް ބައްދަލުވުމުގެ މަގުސަދެއް، އަދި ކުރިއަށް ގެންދިޔަ ގޮތުގެ ތަފްސީލެއްވެސް ނުދެއްވައެވެ.

ޕީޕީއެމްގެ އޮފީހުގައި ރައީސް ޔާމީން ބޭއްވެވި މި ބައްދަލުވުމުގައި ނިހާނުގެ އިތުރުން ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ މޫސާ ޒަމީރާއި އަބްދުއްރަހީމް އަބްދުﷲ އާއި ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލް އަދި ޕާލިމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ފަލާހު ބައިވެރިވެވަޑައިގެންނެވި އެވެ.

ނިހާނު ކުރެއްވި ޓްވީޓްގައިވާ ފޮޓޯއަށް ބަލާއިރު ރިޔާސަތުގައި އިންނެވި ރައީސް ޔާމީން، ވަރަށް ކަންބޮޑުވެ ވަޑައިގެން އިންނެވި ކަން ފާހަގަ ކޮށް އާއްމުން ސޯޝަލް މީޑިއާގައި ދަނީ ފާޑު ކިޔަމުންނެވެ.

މި ދަނޑިވަޅަކީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވެ، އަދި އެ މައްސަލައަށް ޕީޕީއެގެ ބައެއް މެމްބަރުން ވެސް ފާޅުގައި ތާއިދު ކުރެެއްވުމާއެކު އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް