Advertisement
ކ. މާލެ
|
9 ފެބްރުއަރީ 2023 | ބުރާސްފަތި 07:15
ގްރީން ފައިނޭންސްއާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި މަސައްކަތު ބައްދަލުވުން
ގްރީން ފައިނޭންސްއާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި މަސައްކަތު ބައްދަލުވުން
އެމްއެންޔޫ
ގްރީން ފައިނޭންސް
ގްރީން ފައިނޭންސްއާ ގުޅޭ މަސައްކަތު ބައްދަލުވުމެއް އެމްއެންޔޫއިން ބާއްވައިފި
ބައްދަލުވުމުގައި ފަތުރުވެރިކަމުގެ ދައިރާގައި މަސައްކަތްކުރާ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކުން ބައިވެރިވި

ކުދި ވިޔަފާރިތަކާއި، މެދުފަންތީގެ ވިޔަފާރިތަކަށް "ގްރީން ފައިނޭންސް" އާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

މި މަސައްކަތު ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ބުދަ ދުވަހުގެ ހެނދުނެވެ. "އެމް.އެސް.އެމް.އީ ގްރީން ފައިނޭންސް" މަސައްކަތު ބައްދަލުވުމުގައި ފަތުރުވެރިކަމުގެ ދައިރާގައި މަސައްކަތްކުރާ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކުން ބައިވެރިވިއެވެ.

ފައިނޭސިންގް އިންސްޓިޓިއުޝަންސް ގޮތުގައި ބޭންކް އޮފް މޯލްޑިވްސް، އެސް.އެމް.އީ ފައިނޭންސް ކޯރޕަރޭޝަން، މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގް ކޮމްޕެނީ ބައިވެރިވެ އެފަރާތްތަކުގެ ފައިނޭންސިން ސްކީމްއާއި ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނެވެ. މީގެ އިތުރުން ޓެކްނޯލޮޖީ ޕްރޮވައިޑަސްގެ ގޮތުގައި ވީއޭއެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަދި ސްޓެލްކޯއިން ޓެކްނިކަލް ބޭފުޅުން ބައިވެރިވެ ވަޑައިގެން މަޢުލޫމާތު ހިއްސާކުރެއްވިއެވެ. މި މަސައްކަތު ބައްދަލުވުމުގައި ކަމާއިބެހޭ އޮފީސްތަކުންނާއި މުއައްސަސާތަކުން އަދި އެސޯސިއޭޝަންތަކުން، އެންވަޔަރަމެންޓަލް އެންޖީއޯތަކުން، އަދި އިންޓަރނޭޝަނަލް ބައެއް އޭޖެންސީތަކާއި އެކަޑެމިއާއިންވެސް ބައިވެރިވިއެވެ.

Advertisement

މި މަސައްކަތު ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ޙަސަން ވަނީ ރަނގަޅު ގޮތުގައި ކުނިބުނި މެނޭޖު ނުކުރެވުމުގެ ސަބަބުން މޫދަށް އެޅޭ ކުނި ގިނަވެ، އޭގެ ސަބަބުން ކަނޑުގެ ދިރުމަށް ލިބެމުންދާ ގެއްލުމާއި މޫދު ތަޢައްޔަރުވުމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ފާހަގަކުރައްވާފައެވެ.

"ޕްރިވެންޝަން އޮފް މެރިން ލިޓަރ އިންދަ ލަކްޝަޑްވީޕް ސީ" (ޕްރޮމިސް) ޕްރޮޖެކްޓަކީ ދެމެހެއްޓެނިވި ގޮތެއްގައި ތަކެތި އުފައްދައި ބޭނުންކުރުން ޕްރޮމޯޓުކުރުމަށް، ޔޫރަޕްގެ އިއްތިޙާދުގެ މާލީ އެހީއާއެކު ދިވެހިރާއްޖެއާއި ސިރީލަންކާއާއި އިންޑިއާގައި މޫދަށް އެޅޭ ކުނިބުނި މަދުކޮށް ރައްކާތެރިކަމާއެކު އެތަކެތި މެނޭޖުކުރުމަށް، އުފައްދާފައިވާ ޕްރޮޖެކްޓެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް