Advertisement
ކ. މާލެ
|
1 ޖުލައި 2017 | ހޮނިހިރު 21:42
ކަނޑުމަތީ ހާދިސާއެެއްގައި ސިފައިން ހަރަކާތްތެރި ވަނީ
ކަނޑުމަތީ ހާދިސާއެެއްގައި ސިފައިން ހަރަކާތްތެރި ވަނީ
އެމްއެންޑީއެފް
އެމްއެންޑީއެފް
މުދާ އުފުލާ ދޯންޏެއް ވިލިމާލޭ ބޭރު ތޮއްޓަށް އަރައިފި
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވޭ
އެމްއެންޑީއެފަށް ރިޕޯޓްކޮށްފައި ވަނީ 7:30 ކަންހާއިރު

މުދާ އުފުލާ ދޯންޔެއް ވިލިމާލޭ ބޭރު ތޮއްޓަށް އަރައިފިއެވެ.

 

އެމްއެންޑީއެފުން ބުނީ "ފްރެސް 6" ނަމަކަށް ކިޔާ 70 ފޫޓްގެ މުދާ އުފާލާ ދޯންޏެއް ވިލިމާލޭ ބޭރު ތޮއްޓަށް އަރާފައިވާ ކަމަށެވެ.  އެސަރަހައްދުގައި ކޯސްޓް ކާނޑު ދަނީ ހަރަކާތެރިވަމުނެވެ.

 

 މި ހާދިސާ ހިނގާ ދިޔަ އިރު ދޯނީގައި ތިބީ ތިން މީހުނެވެ. އޭގެ ތެރެއިން ދެ މީހުންނަކީ ބިދޭސީންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވެއެވެ.

 

މި މައްސަލަ ރިޕޯޓް ކޮށްފައި ވަނީ 19:35 ކަންހާއިރު ކަމަށް އެމެއެންޑީއެފުން ބުންޏެއެވެ، އަދި ދޯނި ވިލިމާލޭ ފަޅަށް އަރާފައި ވަނީ ބުރަފައްޗަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް