ކ. މާލެ
|
1 ޖުލައި 2017 | ހޮނިހިރު 17:53
ދިއްދޫ ދާއިރާގެ މެންބަރު އަބުދުއްލަތީފު މުހައްމަދު
ދިއްދޫ ދާއިރާގެ މެންބަރު އަބުދުއްލަތީފު މުހައްމަދު
މުހައްމަދު ޝަރުހާން
މަސީހުގެ އިތުބާރުގެ މައްސަލަ
ނާޒިމް މިނިވަން ނުކޮށްފި ނަމަ ވޯޓް ދޭނީ މަސީހް ބޭރުކުރަން: މެމްބަރު ލަތީފް
ނާޒިމުގެ ކުށެއް ނެތް
އޭނާ ފްރޭމްކޮށްފައިވާ ކަމަށް ގަބޫލްކުރޭ
ނާޒިމުގެ މައްސަލައިގައި އަދީބު ވަނީ ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުއްވައިފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް މައްސަލައިގައި ސަރުކާރުން ބޭނުންވާ ގޮތަށް ވޯޓް ދެއްވާނީ، ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް  މިނިވަން ކުރައްވައިފި ނަމަ، ނުވަތަ ލުޔެއް ދެއްވުމުން ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފު މުހައްމަދު ވިދާޅުވެއްޖެއެވެ.

 

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ލަތީފު ވިދާޅުވީ، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ޖަލަށްލާފައި ވަނީ ހައްގުނޫން އަދަބެއް ދީ ފްރޭމްކޮށްފައިކަން މިހާރު އެއޮތީ އެނގިހާމަވެފައި ކަމަށެވެ.  އޭނާގެ ކުށެއް ނެތްކަން މިހާރު އެ އޮތީ ހުރިހާ ދިވެހި ރައްޔިތުނަށްވެސް އެނގި ހާމަވެފައި ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ.

 

"އެހެންކަމުން ދިވެހިން އެދޭގޮތަށް އަދި އޭނާވެސް އެދޭގޮތަށް ކާނަލް ނާޒިމް މިނިވަންކޮށް ދޫކޮށްލުމުން ނުވަތަ ނާޒިމަށް ލުޔެއް ދިނުމުން ނޫނީ، މަސީހުގެ އިތުބާރުގެ މައްސަލައިގައި ސަރުކާރުން ބޭނުންވާ ގޮތަށް އޭނާގެ ވޯޓް ނުލިބޭނެ،" ލަތީފް ވިދާޅުވިއެވެ.

"އެ ނޫން ގޮތެއް ނޯންނާނެ."

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމްގެ ގެއިން ފެނު ފިސްތޯލައާއި ނާޒިމާ އެއްވެސް ގުޅުމެއް ނެތްކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުވަނީ، ޖޫން 20 ވަނަ ދުވަހު ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުއްވާފައެވެ.

 

މި ވަގުތު 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އަދީބު ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ނާޒިމްގެ ކުށެއް ނެތްކަން ސާބިތުކޮށްދެއްވުމަށެވެ. އެ ސިޓީގައި ވަނީ އެކަން ހިނގައިދިޔަ ގޮތް އެނގިވަޑައިގަންނަވާ ކަމަށާއި އެކަން އޮޅުން ފިލުވައިދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

 

އަދީބު ވިދާޅުވެފައި ވަނީ އެ ތަކެއްޗަކީ ނާޒިމްގެ ތަކެތި ނޫންކަން އަދި އެތަކެއްޗާ ބެހޭ މައުލޫމާތު ނާޒިމަށް އެއްވެސް އިރެއްގައި އެނގިވަޑައިގެންފައި ނުވާނެކަން ޝަރުއީ ހަމަތަކުގެ މަތިން ސާބިތުކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

 

ލަތީފު މިފަދަ ވާހަކަފުޅެއް ވިދާޅުވެފައިމިވަނީ މަޖިލީހުގެ ރައީސް މަސީހު ބޭރުކުރުމަށް ނަގަން ޖެހޭވޯޓަށް އަނެއްކާވެސް އިދިކޮޅު ފަރާތްތަކުން ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގައެވެ.

- ކޮމެންޓް