Advertisement
ކ. މާލެ
|
7 ފެބްރުއަރީ 2023 | އަންގާރަ 12:28
މި މަސައްކަތް ޙަވާލު ކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ
މި މަސައްކަތް ޙަވާލު ކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ
ޕްލޭނިން މިނިސްޓްރީ
ކޮޅުފުށި ހައުސިންގ ޔުނިޓުތައް
ކޮޅުފުށީ ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް ނިންމުމަށް ބަޔަކާ ޙަވާލުކޮށްފި
މި މަޝްރޫއަށް ޚަރަދު ކުރަނީ ދިވެހި ސަރުކާރުން ޕީއެސްއައިޕީގެ ބަޖެޓުން
މި މަސައްކަތް ޙަވާލު ކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ

މ ކޮޅުފުށީ ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް ނިންމުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ.

އަންގަރަ ދުވަހު މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ޙަވާލު ކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

މި ޕްރޮޖެކްޓުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހައުސިންގ ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ.

އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ގެ ފަރާތުން ސޮއި ކުރެއްވީ ޕްރޮޖެކްޓް ޑިރެކްޓަރ އާދަމް ރަޙީމެވެ.

Advertisement

މި ޕްރޮޖެކްޓުގެ އަގަކީ 117،784،123.50 (ސަތޭކަ ސަތާރަ މިލިއަން ހަތްލައްކަ އައްޑިހަ ހަތަރުހާސް، ސަތޭކަ ތޭވީސް ރުފިޔާ، ފަންސާސް ލާރި) އެވެ. މަސައްކަތް ނިންމަން ދީފައިވަނީ 365 ދުވަހެވެ.

މި މަޝްރޫއުގެ ހައުސިންގ ޔުނިޓެއްގައި ހިމެނެނީ 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގ ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯރ ރޫމެވެ.

މި މަޝްރޫއަށް ޚަރަދު ކުރަނީ ދިވެހި ސަރުކާރުން ޕީއެސްއައިޕީގެ ބަޖެޓުންނެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އަތޮޅުތަކަށް އަމާޒުކޮށްގެންވެސް ފުޅާކުރަމުންދާއިރު، އަތޮޅުތެރޭގައި އިމާރާތްކުރެވޭ ހައުސިންގ ޔުނިޓް ތަކުން 556 ހައުސިންގ ޔުނިޓް އަންނަ މޭ މަހުގެ ނިޔަލަށް އެއްކޮށް ނިންމާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވަނީ އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް