ކ. މާލެ
|
7 ފެބްރުއަރީ 2023 | އަންގާރަ 02:01
ގެއްލިގެން ހޯދަމުންދާ މުޙައްމަދު އާސިރު އިސްމާއިލް
ގެއްލިގެން ހޯދަމުންދާ މުޙައްމަދު އާސިރު އިސްމާއިލް
މޯލްޑިވްސް ޕޮލިސް ސާރވިސް
މީހަކު ގެއްލިގެން ހޯދުން
މާލެއިން މީހަކު ގެއްލިގެން ހޯދަނީ
ގެއްލިގެން ހޯދަމުންދަނީ ސ. މަރަދޫފޭދޫ / ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް
އޭނާ އެންމެ ފަހުން ފެނިފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުގެ 19:30 ހާއިރު
އެންމެ ފަހުން އޭނާ ފެނުނުއިރު ލައިގެން ހުރީ ނޫކުލައިގެ ޖިންސަކާއި ކަޅުކުލައިގެ ގަމީހެއް

މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ސ. މަރަދޫފޭދޫ / ގަސްކަރަ، އުމުރުން 31 އަހަރުގެ މުހައްމަދު އާސިރު އިސްމާއީލް އެވެ.

ފުލުހުން ކުރި ޓުވީޓެއްގައި ބުނީ މުހައްމަދު އާސިރު އިސްމާއީލް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އާދީއްތަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭނާ މިހާރު ދިރިއުޅެނީ މާލޭގައެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުގެ 19:30 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

އެންމެ ފަހުން އޭނާ ފެނުނުއިރު ލައިގެން ހުރީ ނޫކުލައިގެ ޖިންސަކާއި ކަޅުކުލައިގެ ގަމީހެއް ކަމަށް އޭނާގެ އާއިލާއިން ފުލުހަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މުހައްމަދު އާސިރުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ގަލޮޅޮ ޕޮލިސް ސްޓޭޝަންގެ 9631696 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް