ކ. މާލެ
|
6 ފެބްރުއަރީ 2023 | ހޯމަ 10:35
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު
ރައީސް އޮފީސް
ރިޔާސީ ބަޔާން 2023
މެއި މަހުން ފެށިގެން ސިއްޙީ ދާއިރާގެ މުސާރަ ބޮޑުވަނީ، ޔުނިވަރސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލުތަކެއް!
ޝަރުއީ ދާއިރާއާއި، އިމާމުންނާއި، މުދިމުންނާއި، އަދި ޖުމްލަކޮށް ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުން ޝާމިލްވާނެ
ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސަންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް 1 މޭއިން ފެށިގެން މި އެލަވަންސް ލިބެން ފަށާނެ
ޔުނިވަރސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ވެސް އެ ހެޔޮ ބަދަލު އަންނާނެކަމަށް ރައީސް ވިދާޅުވި

މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައެވެ.

ރައީސް ވިދާޅުވީ، މި އަހަރު ކުރިއަށް އޮތީ ޞިއްޙީ ދާއިރާގެ މުސާރަ ބޮޑު ކުރެއްވުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން އަންނަ މޭ މަހުގެ 1 ން ފެށިގެން ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެކަން ރައީސް ވަނީ އިއުލާނު ކުރައްވާފައެވެ.

އޭގެ އިތުރުން، ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސަންޓް އެލަވަންސް ނުލިބި މިހާރު ތިބި ހުރިހާ މުވައްޒަފުންނަށް 1 މޭއިން ފެށިގެން މި އެލަވަންސް ލިބެންފަށާނެކަން ވެސް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

އަދި އަންނަ މާރިޗު މަހު ރާއްޖޭގެ ޔުނިވަރސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ވެސް އެ ހެޔޮ ބަދަލު އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޕޭ ހާމަނައިޒް ކުރުން ނިމިގެން ދާއިރު ޝަރުއީ ދާއިރާއާއި އިމާމުންނާއި މުދިމުންނާއި އަދި ޖުމްލަކޮށް ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުން ޝާމިލްވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް