ކ. މާލެ
|
2 ފެބްރުއަރީ 2023 | ބުރާސްފަތި 07:11
ޕީޕީއެމް/ޕީއެންސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ޕީޕީއެމް/ޕީއެންސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ޕީޕީއެމް
ހޯޕް ކޮންފަރެންސް
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހޯޕް ކޮންފަރެންސް ފެބްރުއަރީ 2 ވަނަ ދުވަހު
ކޮންފަރެންސް ރަސްމީކޮށް ފަށާނީ ފެބްރުއަރީ 2 ވަނަ ދުވަހުގެ މެންދުރު 13:30 ގައި ދަރުބާރުގޭގައި

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހޯޕް ކޮންފަރެންސް ފެބްރުއަރީ 2-4 އަށް ދަރުބާރުގޭގައި ކުރިއަށްދާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން ބުނީ މި ކޮންފަރެންސް ރަސްމީކޮށް ފަށާނީ ފެބްރުއަރީ 2 ވަނަ ދުވަހުގެ މެންދުރު 13:30 ގައި ދަރުބާރުގޭގައި ކަމަށެވެ. އަދި އެއަށްފަހު ކުރިއަށްދާނީ ކޮންފަރެންސްގެ ސެޝަންތައް ކަމަށެވެ.

މީގެއިތުރުން ހުކުރު ދުވަހު ހަވީރު 15:45 ގައި ކޮންފަރެންސްގެ ތެރެއިން ކުރިއަށްދާ "ބުންވަރު ހިނގާލުން" ޕީޕީއެމް އޮފީސް ދޮރުމަތިން ފެށިގެން ކުރިއަށްދާނެ ކަމަށް ވެސް އެ ކޯލިޝަނުން ބުނެއެވެ.

ހުކުރު ދުވަހުގެ ރޭ އަދި ހޮނިހިރު ދުވަހު ކޮންފަރެންސްގެ ސެޝަންތައް ކުރިއަށްދާނެކަން ފާހަގަކޮށް އެ ކޯލިޝަނުން ބުނީ ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ހޮނިހިރު ދުވަހު ރޭގަނޑު 20:30 ގައި އާޓިފިޝަލް ބީޗްގައި ކަމަށެވެ.

1000ށްވުރެ ގިނަ މަންދޫބުން ހޯޕް ކޮންފަރެންސްއަށް ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ވެސް މި މަހާސިންތާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ކޯލިޝަނުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް