ކ. މާލެ
|
31 ޖެނުއަރީ 2023 | އަންގާރަ 07:22
ރެއާލްގެ ކޯޗު އަންޗެލޮޓީ
ރެއާލްގެ ކޯޗު އަންޗެލޮޓީ
ރޮއިޓާރސް
ރެއާލް މެޑްރިޑް
ރެއާލަށް ލީގު ތަށި ދިފާއުކުރެވޭނެ ކަމުގެ އުންމީދު އަންޗެލޮޓީ އަށް އެބައޮތް
އަންޗެލޮޓީ ބުނީ ބާސެލޯނާ އިން ވެސް އަންނަނީ ވަރަށް ރަނގަޅަށް ކުޅެމުން ކަމަށާއި، ނަމަވެސް ރެއާލްގެ މުޅި ޓީމަށް އޭނާގެ އިތުބާރު އޮންނާނެ ކަމަށް

ރެއާލް މެޑްރިޑަށް މި ސީޒަންގެ ސްޕެނިޝް ލީގު ކާމިޔާބުކޮށް، ލީގު ދިފާއު ކުރެވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އަންޗެލޮޓީ މިހެން ބުނީ ސްޕެނިޝް ލީގުގައި ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅެ، ރެއާލުން މުހިންމު ދެ ޕޮއިންޓު ގެއްލުވާލި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. ރެއާލަށް ސޮސިއެޑާޑު އަތުން މޮޅު ނުވެވުމުން ބާސެލޯނާ އިން ވަނީ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެ މެޗަށްފހު ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ، މިހާރު ބާސެލޯނާއާ ދެމެދު އޮތީ ފަސް ޕޮއިންޓުގެ ފަރަގެއް ކަމަށާއި، ލީގު ވާދަވެރިކޮށް ދާ ދަނޑިވަޅެއްގައި އެއީ ވަރަށް ބޮޑު ތަފާތެއް ކަމަށެވެ. އޭނާ ބުނީ ރެއާލަށް ދެން ޖެހޭނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަން ކަމަށެވެ. އަަދި ބާސެލޯނާ އިން ވެސް އަންނަނީ ވަރަށް ރަނގަޅަށް ކުޅެމުން ކަމަށާއި، ނަމަވެސް ރެއާލްގެ މުޅި ޓީމަށް އޭނާގެ އިތުބާރު އޮންނާނެ ކަމަށެވެ.

މީގެ އިތުރުން އަންޗެލޮޓީ ބުނީ ފީފާ ވޯލްޑް ކަޕަށްފަހު ޖަނަވަރީ މަަސް ދަނީ ވަރަށް އުނދަގޫކޮށް ކަމަށާއި، މުހިންމު މެޗުތަކުން އެކަން ފާހަގަވެސް ވާނެ ކަމަށެވެ. ނަމަވެސް މުޅި ޓީމު މިހާރު އަންނަނީ ވަރަށް ބޮޑުތަނުން ރަނގަޅު ކުރަން ހުރި ކަންކަން ރަނގަޅު ކުރަމުން ކަމަށާއި، ޓީމު ފޯމަކަށް އެޅޭނެ ކަމަށެވެ. އަންޗެލޮޓީ ބުނީ ރެއާލުން ލީގަށް އަދިވެސް މަސައްކަތް ކުރާނެ ކަމަށާއި، މިހާރު އޮތް ޓީމަށް ލީގު ތަށި ދިފާއު ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ.

ލީގުގައި ރެއާލަށް ދެން އޮތީ އަންނަ މަހުގެ ތިން ވަނަ ދުވަހު އަމިއްލަ ދަނޑުގައި ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް