ކ. މާލެ
|
29 ޖެނުއަރީ 2023 | އާދީއްތަ 13:46
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގެ ތެރެއިން
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގެ ތެރެއިން
-
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ
ޕީޕީއެމްގެ މެންބަރުން މަންދޫބުންނަށް ވެގެން އިންތިޚާބު ގަޑުބަޑު ކުރަން އުޅުނުކަމުގެ ތުހުމަތު!
ށ. ފީވަކުގައި ވޯޓްލުން ފެށުން ލަސްވީ ޕީޕީއެމްގެ ދެ މެންބަރުންނާއި ހެދި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބާއި ނުބޭހޭ މީހުން އިންތިޚާބު ތެރެއަށް ވަދެ، އެ އިންތިޚާބު ގަޑުބަޑު ކުރަން މަސައްކަތްކޮށްފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި ޝަކުވާ ބަލައި ކޮމިޓީގެ މުގައްރިރު އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބްރާހީމް ވަހީދު ވިދާޅުވީ ބަޔަކު ބޭނުންކޮށްގެން އިންތިޚާބުގެ ތެރޭގައި ކަންތައްތަކެއް ކޮށްފައިވާ ކަމަށާއި އެކަމުގައި ޕާޓީގެ މެންބަރުން ބައިވެރިވި ކަމަށެވެ. އަދި ޕާޓީގެ މެންބަރުން ހިންގާފައިވާ ކަންތައްތައް އިންތިޚާބާއި ބެހޭ ކޮމެޓީގެ މެންބަރުން ބަލައި، ފިޔަވަޅު އަޅާ ކޮމެޓީއަށް ހުށަހަޅާނެ ކަމަށެވެ.

ށ. ފީވަކުގައި ވޯޓްލުން ފެށުން ލަސްވި ސަބަބު ފާހަގަކުރައްވާ އިބްރާހީމް ވަހީދު ވިދާޅުވީ އެމްޑީޕީގެ މަންދޫބުންނަށް ދޫކުރި ފާސް ހިފައިގެން މަންދޫބެއްކަމަށް ބުނެ ޕީޕީއެމްގެ ދެ މީހަކު ވޯޓްލުން ކުރިއަށް ގެންދިޔުމަށް ފުރުސަތު ނުދޭނެކަމަށް ބުނެ، ވޯޓް ފޮށިތައް ބަންދުކޮށްގެން ތިބި ކަމަށެވެ. އަދި އެމީހުން ނެރެން ޖެހުނީ ފުލުހުން ބޭނުންކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއީ ބަލައިގަންނަ ކަންތައްތަކެއް ނޫންކަން ފާހަގަކުރައްވާ އިބްރާހީމް ވަހީދު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ހުއްޓުވުމަށް އެހެން ސިޔާސީ ޕާޓީތަކުން މަސައްކަތް ކޮށްގެން ނުވާނެ ކަމަށެވެ.

ޕާޓީގެ މެންބަރެއްގެ ގޮތުގައި ހިމެނިފައިނުވާ ވަކީލެއް ކަމުގައިވާ މުހައްމަދު ނިޝާން މާލޭގެ އެކިއެކި ވޯޓް ފޮށިތަކަށް ގޮސް ކެންޑިޑޭޓުންގެ މަންދޫބުން ލައްވާ ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރިކަމުގެ ހެކި ލިބިފައި އެބަހުރި ކަމަށް ވެސް އިބްރާހީމް ވަހީދު ވިދާޅުވިއެވެ. އަދި މިއީ ޕާޓީގެ އިންތިޚާބުގައި އަލަށް ދިމާވިކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް