ކ. މާލެ
|
29 ޖެނުއަރީ 2023 | އާދީއްތަ 07:43
ތުޅާދޫ އައު ހޮސްޕިޓަލުގެ ކުރެހުމެއް
ތުޅާދޫ އައު ހޮސްޕިޓަލުގެ ކުރެހުމެއް
ހެލްތު މިނިސްޓްރީ
ތުޅާދޫ އައު ހޮސްޕިޓަލު
ތުޅާދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކުރަން ހަވާލުކޮށްފި
މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ
މިއީ 123.6 މިލިއަން ރުފިޔާގެ މަޝްރޫއެއް

ބ. ތުޅާދޫގައި އައު ހޮސްޕިޓަލެއް އިމާރާތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް ހެލްތުންނެވެ.

އެގޮތުން ހެލްތު މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އެރަށުގައި 30 އެނދުގެ ޖާގައިގެ ހޮސްޕިޓަލެއް އިމާރާތްކުރުމަށެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 123،667،047.03 (ސަތޭކަ ތޭވީސް މިލިއަން ހަލައްކަ ފަސްދޮޅަސްހަތްހާސް ސާޅީސް ހަތްރުފިޔާ ތިން ލާރި) އަށެވެ.

މި މަސައްކަތް 540 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

އަތޮޅުތެރޭގެ ރަށްރަށުގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް، ރަނގަޅު ޚިދުމަތްތަކެއް ލިބޭ ފެންވަރުގެ، 30 އެނދުގެ ހޮސްޕިޓަލުތަކެއް ރާއްޖޭގެ 15 ރަށެއްގައި ތަރައްގީކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް