ކ. މާލެ
|
27 ޖެނުއަރީ 2023 | ހުކުރު 07:11
ފެންކޮތަޅު
ފެންކޮތަޅު
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ފެންކޮތަޅު އެއްލި މައްސަލަ
ފެންކޮތަޅު އެއްލި މައްސަލަ ބަލައި، އަޅަންޖެހުނު ފިޔަވަޅެއް އަޅާނަން: އެޗްޑީސީ
ހިޔާ ފްލެޓެއްގެ މަތިން އެއްލި ފެން ކޮތަޅު ޖެހުނީ މާބަނޑު މީހެއްގައި ބަނޑުގައި

ހުޅުމާލެ ފޭސް ދޭއްގައި ނާއިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތަށް އަމާޒުކޮށް ހިޔާ ފްލެޓެއްގެ މަތިން އެއްލި ފެން ކޮތަޅެއް މާބަނޑު މީހެއްގެ ބަނޑުގައި ޖެހިފައިވާއިރު އެ މައްސަލަ ބަލައި، އަޅަންޖެހުނު ފިޔަވަޅެއް އަޅާނެ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ބުނެފިއެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލެ ޖެނެރަލް ޕްރެކްޓިސް ކްލިނިކް ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށް ދަނިކޮށް، އެ ސަރަހައްދުގައި ތިބި ހަފުލާގެ ބައިވެރިންނަށް އަމާޒުކޮށް ފެންކޮތަޅު އެއްލީ 15 ވަނަ ޓަވަރުގެ އެޕާޓްމަންޓަކުން ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލުން އެ ކްލިނިކް ހުޅުވާފައި ވަނީ، ސިއްހީ ޚިދުމަތް ރައްޔިތުންނަށް ގާތުން ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް