ކ. މާލެ
|
30 ޖޫން 2017 | ހުކުރު 17:18
އަހުމަދު މަހުލޫފު
އަހުމަދު މަހުލޫފު
ރާއްޖެއެމްވީ
އަހުމަދު މަހުލޫފު
އަދީބުގެ ސިޓީގެ މެދުވެރިޔަކީ އަޅުގަނޑު: މަހްލޫފް
އަދީބު ސުޕްރީމް ކޯޓަށް ފޮނުވި ސިޓީ އަކީ ޖަލުތެރޭގައި ދެކެވުނު ވާހަކައިގެ ތެރެއިން އެއް ވާހަކަ

ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސްޕްރީމް ކޯޓަށް ހުށައެޅުއްވި ސީޓީގެ މެދުވެރިއަކީ އޭނާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަނބުރާ ޖަލަށް ގެންދެވުމާ ގުޅިގެން ރާއްޖެޓީވީއާ ވާހަކަ ދައްކަވަމުން މަހުލޫފު ވިދާޅުވީ ނާޒިމްގެ މައްސަލައިގައި އަދީބު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީގެ މެދުވެރިއަކީ އޭނާ ކަމަށާއި އެ މައުލޫމާތުތައް މީޑިއާއަށް އާންމުވެގެންގޮސްފައިވަނީ ސުޕްރީމް ކޯޓުގެ ތެރެއިން ނުވަތަ ފުލުހުންގެ އިދާރާގެ ތެރެއިން ކަމަށް ގަބޫލުކުރެއްވޭކަމަށެވެ.

"އެނގިވަޑައިގަންނަވާނެ އަހުމަދު އަދީބާއި އެކީގައި ޖަލުގައި އަށް ވަރަކަށް މަސް ވަންދެން އޮވެފައި އަޅުގަނޑު މިއައީ. އެހެންވީމަ ތި ސިޓީގައިވާ ގޮތާއި ތި ހުރިހާ ކަމެއްގައި މެދުގައި ހުރި މީހަކީ އަޅުގަނޑު. އެހެންކަމުން އެކަން ހިނގާދިޔަ ގޮތާއި ތިކަން ވީގޮތް އަޅުގަނޑަށް އެބަ އެނގޭ،" މަހުލޫފު ވިދާޅުވިއެވެ.

މަހުލޫފު ވިދާޅުވީ އަދީބު ޖަލުގައި ބަހައްޓައިގެން ޒަހަރު ކަހަލަ އެއްޗެއް ދީގެން ސިއްހީ ހާލަތު ގޯސްކޮށް މަރާލަފާނެކަމުގެ ކަންބޮޑުވުން އެބަ އޮތްކަމަށެވެ. އަދީބުގެ އާއިލާގެ ބޭފުޅުންނާއި އޭނާ ބައްދަލުކުރެއްވި ކަމަށާއި އެހެން ކަމުން މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށް މަހުލޫފު ވިދާޅުވިއެވެ. ސަރުކާރުން އަދީބުގެ ބޭސްފަރުވާއަށް ބޭރަށް މިހާރު ނުފޮނުއްވި ކަމުގައިވިއަސް 2018 ގެ ރިޔާސީ އިންތިޚާބަށް ފަހު ފޮނުއްވާނެކަމަށް ގަބޫލު ކުރެވޭކަމަށެވެ.

ޖަލުގައި އަދީބާއި އޭނާއާ ދޭތެރޭ ވާހަކަތައް ދެކެވިފައިވާކަމަށާއި އަދީބު ސުޕްރީމް ކޯޓަށް ފޮނުވި ސިޓީ އަކީ ޖަލުތެރޭގައި ދެކެވުނު ވާހަކައިގެ ތެރެއިން އެއް ވާހަކަ ކަމަށް މަހްލޫފް  ވިދާޅުވިއެވެ.

- ކޮމެންޓް
2 ޖުލައި 2017 | އާދީއްތަ 12:39
މޯޑް
ނަންބަރު ޖަހަން އުޅުމަކީ ރައްޔިތުން ޤަބޫލުކުރާނެ ކަމެއް ނޫން ، ބުއްދިވެރި ގޮތަކީ ބަސްމަދުކޮށް އަމަލު ގިނަކުރުން ، މަހުލޫފު ގެއްލުމަކީ ލިބޭ ވަރަށް ބޮޑު ގެއްލުމެއް ، ވިސްނައިގެން ކުރިޔަށް ވަޑައިގަންނަވާ . ރަހުމެއްނެތް އަނިޔާވެރިއެއް ކަން ދަނެގެން ކުރިޔަށް ދިޔުން ބުއްދިވެރި
1 ޖުލައި 2017 | ހޮނިހިރު 13:55
ސައިޚް
އެހެންވީމާ، މަހްލޫފް ޖަލައްލީމަވެސް ބޮނޑި އަސްލު ތިލިބުނީ މަހްލޫފަށް ލަނޑުދިން މީހުނަށް ދޯ.؟ ވަރަށް ރަނގަޅު.
30 ޖޫން 2017 | ހުކުރު 20:42
ނާޒިމް
އަދީބު ދުނިޔޭގައި ހުރީ އޭނާގެ ބައްޕަ އޭނާ ވުޖޫދައް ގެނައުމުން