ކ. މާލެ
|
26 ޖެނުއަރީ 2023 | ބުރާސްފަތި 19:32
ބުރުނީ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ
ބުރުނީ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ
އެމްޓީސީސީ
ބުރުނީ ބަނދަރު އަޕްގްރޭޑް ކުރުން
ބުރުނީ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއު ހަވާލުކޮށްފި
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާގޮތަށް

ތ. ބުރުނީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 58،693،431.60 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި:

- ބަނދަރު ފުންކުރުން

- އައު ބަނދަރު ފުންކުރުން

- ބަނދަރަށް ވަންނަ ނެރު ފުންކުރުން

- ސޭންޑް ފިލް ބްރޭކްވޯޓަރ، 308 މީޓަރ

- 46 މީޓަރ ނެރު ފައިކަށި ޖެހުން

- 181 މީޓަރ ރިވެޓްމެންޓް ޖެހުން

- 20 ސަބްމާރޖްޑް ބްރޭކްވޯޓަރ ޖެހުން

- 276 މީޓަރ އެއްގަމު ތޮށި ޖެހުން

- 35 މަގު ބައްތި ޖެހުން

- 02 ނެރު ބައްތި ޖެހުން

ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް