ކ. މާލެ
|
20 ޖެނުއަރީ 2023 | ހުކުރު 18:27
ވިލިމާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމުގެ ހަރަކާތުގެ ތެރެއިން
ވިލިމާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމުގެ ހަރަކާތުގެ ތެރެއިން
ރާއްޖެއެމްވީ
މިނީ ބަހުގެ ޚިދުމަތް
ވިލިމާލޭގައި މިނީ ބަހުގެ ޚިދުމަތް ފަށައިފި
މި ބަސްތަކުގައި 11 މީހުންނަށް އިށީންދެ ތިބެވޭނެހެން ސީޓު ހަރުކުރެވިފައި ހުންނާނެ
އެ ކުންފުނިން ބަހުގެ ޚިދުމަތުގައި ބޭނުންކުރަނީ ތިމާވަށްޓާއި ރައްޓެހި 6 އިލެކްޓްރޮނިކް ވެހިކަލް ނުވަތަ އީވީ ބަސް

ވިލިމާލޭގައި މިނީ ބަހުގެ ޚިދުމަތް ހުކުރު ދުވަހު ފަށައިފިއެވެ.

ވިލިމާލޭގައި ބަހުގެ ޚިދުމަތް ފަށާފައިވަނީ ހުކުރު ދުވަހު ހަވީރު އެވެ. ވިލިމާލޭގައި ފަށާ ބަހުގެ ޚިދުމަތަށް ފުރަތަމަ ދެހަފުތާގައި އަގު ނުނަގާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެ ޚިދުމަތް ފަށާފައި ވަނީ ރާާއްޖެ ޓްރާންސްޕޯޓް ލިންކް އާރް.ޓީ.އެލްގެ ބަހުގެ ޚިދުމަތް މާލެ ސިޓީއަށް ފޯރުކޮށްދިނުމަށް އެމްޓީސީސީ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.

ވިލިމާލޭގައި އެ ކުންފުނިން ބަހުގެ ޚިދުމަތުގައި ބޭނުންކުރަނީ ތިމާވަށްޓާއި ރައްޓެހި 6 އިލެކްޓްރޮނިކް ވެހިކަލް ނުވަތަ އީވީ ބަހެވެ. މި ބަސްތަކުގައި 11 މީހުންނަށް އިށީންދެ ތިބެވޭނެހެން ސީޓު ހަރުކުރެވިފައި ހުންނާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ. މީގެ އިތުރުން 4 މީހުން ނަށް ކޮޅަށްތިބެވޭ ނެ ޖާގަވެސް އޮންނާނެ ކަމަށް އެކުންފުނިން ބުނެއެވެ. އެހެންކަމުން ޖުމްލަ 15 މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭނެ ޖާގަ މި އީވީ ބަސްތަކުގައި ހުންނާނެކަން އެމްޓީސީސީ އިން ފާހަގަކުރެއެއެވެ.

ބަހުގެ ޚިދުމަތް ވިލިމާލެއަށް ފުޅާކޮށްފައި ވާއިރު ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެމްޓީސީސީގެ މަޤްޞަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ ޚިދުމަތެއް ފަހިކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުމަށް މަސައްކަތްކުރާކަން އެ ކުންފުނިން ފާހަގަކުރެއެވެ. އެމް.ޓީ.ސީ.ސީއިން މި ބަސްތައް ރާއްޖެ ގެނެސްފައި ވަނީ މިދިޔަ ނޮވެމްބަރުމަހުގެ ތެރޭގައެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް އެމްޓީސީސީން ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 5 ވަނަ ދުވަހުއެވެ. އެކުންފުނިން ވަނީ 4 ހަފުތާ ވަންދެން މާލޭގައި ހިލޭ މި ޚިދުމަތް ފޯރުކޮށްދީފައެވެ. މި ޚިދުމަތް ވެފައިވަނީ އާންމުން ވަރަށް ބޮޑަށް ބަލައިގަތް ޚިދުމަތަކަށެވެ. މާލޭގައި މިނީ ބަހުގެ ޚިދުމަތުގައި ޖުމްލަ 18 ބަހެއް އެމްޓީސީސީން ދަނީ ބޭނުން ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް