Advertisement
ކ. މާލެ
|
20 ޖެނުއަރީ 2023 | ހުކުރު 06:53
ސްމާޓް ސިޓީ ސޮލިއުޝަން ތޮއްޑޫއަށް ތައާރަފުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން
ސްމާޓް ސިޓީ ސޮލިއުޝަން ތޮއްޑޫއަށް ތައާރަފުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ސްމާޓް ސިޓީ
އެޗްޑީސީގެ ސްމާޓް ސިޓީ ސޮލިއުޝަންތައް ރަށްތަކަށް ތައާރަފުކުރަނީ
ސްމާޓް ފާމިން، ސްމާޓް ސަވައިލެންސް، ސްމާޓް ޕޯލް ފަދަ ސޮލިއުޝަންތައް ތޮއްޑޫއަށް ތައާރަފުކުރެވޭނެ

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގެންގުޅޭ ސްމާޓް ސިޓީ ސޮލިއުޝަންތައް ރާއްޖޭގެ ރަށްތަކަށް ތައާރަފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިގޮތުން އއ. ތޮއްޑޫގެ ކައުންސިލާއެކު އޯޕަން އެކްސްސް ވިއުގަ ފަދަ ސްމާޓް އިންފްރާސްޓްރަކްޗަރ އަދި ސްމާޓް ސޮލިއުޝަންތައް ތައާރަފު ކުރުމާގުޅޭ މަޝްވަރާތައް ކުރެވި އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާނެ ކަންކަމުގެ ތެރޭގައި، އޯޕަން އެކްސެސް ނެޓުވޯކެއް ގާއިމުކޮށް އެ ވިއުގަ މެދުވެރިކޮށް ސްމާޓް ފާމިން، ސްމާޓް ސަވައިލެންސް، ސްމާޓް ޕޯލް ފަދަ ސޮލިއުށަންތައް ތޮއްޑޫގައި ތައާރަފު ކުރެވިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

Advertisement

އެޗްޑީސީން ބުނީ ސްމާޓް ސިޓީ ސޮލިއުޝަންތަކަކީ ހަމަ އެކަނި އާބާދީ ބޮޑު ސިޓީތަކަށް ޚާއްސަ އެއްޗެއް ނޫންކަމަށް އެކުންފުނިން ގަބޫލުކުރާ ކަމަށެވެ. ޒަމާނީ ޓެކްނޮލޮޖީއާއެކު ތައާރަފުވި ތަފާތު ސްމާޓް ސިޓީ ސޮލިއުޝަންތަކާއެކު ހުޅުމާލެވެސް ސްމާޓް ސިޓީއަކަށް ހެދުމަށް އެޗްޑީސީން މަސަކަތް ފަށާ ހަލުވިކަމާއެކު ކުރިޔަށްދާތާ މިހާރު މިވަނީ އަހަރަކަށްވުރެ ގިނަ ދުވަސްވެފައެވެ. ކާމިޔާބު ކަމާއެކު ސްމާޓް ސިޓީ އިންފްރާސްޓްރަކްޗަރެއްގެ މައިގަނޑު އަސާސް ކަމަށްވާ އޯޕަން އެކްސެސް ނެޓްވޯކެއް ގާއިމުކޮށް ސްމާޓް ސިޓީއެއްގެ ވަރުގަދަ ބިންގަލެއް މިހާރު ވަނީ ހުޅުމާލޭގައި އަޅާފައެވެ. އަދި މި މަސައްކަތަށް ހާއްސަ ސްމާޓްކޮމް ކިޔާ ބްރޭންޑެއް އުފައްދާ، ސްމާޓް ޕޯލް، ސްމާޓް ބެންޗް، ޕަބްލިކް ވައިފައި ފަދަ އެތައް ސްމާޓް ސޮލިއުޝަންތަކެއް ދަނީ ތައާރަފު ކުރެވެމުންނެވެ.

މި ކަންކަމުގައި އެޗްޑީސީގެ ތަސައްވުރަކީ ހުޅުމާލެއަކީ ދިވެހިރާއްޖޭގެ އެއްމެ ފުރަތަމަ ސްމާޓް ސިޓީއަކަށް ހެދުމުގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ސްމާޓް ސޮލިއުޝަންތައް ތައާރަފުކޮށް ޓެކްނޮލޮޖީގެ އެންމެ ކުރީ ސަފުގައި އެންމެންވެސް ބައިވެރި ކުރުމެވެ. އަދި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ސްމާޓް ސޮލިއުޝަންތައް ތައާރަފުކުރުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް