ކ. މާލެ
|
17 ޖެނުއަރީ 2023 | އަންގާރަ 09:31
އެމްޓީސީސީން އަލިފުށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އެމްޓީސީސީން އަލިފުށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އެމްޓީސީސީ
އެމްޓީސީސީގެ ޕްރޮޖެކްޓުތައް
އެމްޓީސީސީން ކޮންމެ 11 ދުވަހަކުން ޕްރޮޖެކްޓެއް ނިންމާފައިވާނެ: އާޒިމް
ކޮންމެ މަހަކު ބަނދަރެއްގެ ރޭޓުން މަސައްކަތް ނިންމާފައިވާނެ
އެމްޓީސީސީން މިވަގުތު 132 ޕްރޮޖެކްޓު ހިންގަމުންދޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ މި 4 އަހަރުގެ ދައުރުގައި އެމްޓީސީސީން ކޮންމެ 11 ދުވަހަކުން ޕްރޮޖެކްޓެއް ނިންމާފައިވާނެ ކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ ކޮންމެ ރައްޔިތަކަށްވެސް ރަނގަޅު ޚިދުމަތްތަކެއް ލިބޭނެ ގޮތް ހޯދައިދެއްވުމަކީ ރައީސް ބޭނުންފުޅުވެވަޑައިގަންނަވާ ގޮތް ކަމަށެވެ. އެމްޓީސީސީއަކީ މިކަން ތަންފީޒުކުރަން މަސައްކަތްކުރާ އެއް ކުންފުނި ކަމަށާއި، މިގޮތުން ދަތުރުފަތުރުގެ ރޮނގުންނާއި ތަރައްގީގެ މަޝްރޫއުތަކަށް ބެލިޔަސް އެމްޓީސީސީގެ ހިއްސާ ވަރަށް ބޮޑު ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓިސީސީން ރެއާއި ދުވާލު އެތައް މަސައްކަތެއް ކުރަމުންދާކަމަށާއި، އެކުންފުނިން އެކަނި ކޮންމެ 11 ދުވަހަކުން ޕްރޮޖެކްޓެއް ނިންމާފައިވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މި ދައުރުގައި ކޮންމެ މަހަކު ބަނދަރެއްގެ ރޭޓުން މަސައްކަތް ނިންމާފައިވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ މިވަގުތުވެސް އެމްޓީސީސީން 132 ޕްރޮޖެކްޓު ހިންގަމުންދާކަމަށެވެ. މިއީ މީގެ ކުރިން ފެނިފައިވާ މަންޒަރެއް ނޫން ކަމަށާއި، މީގެ ކުރިން މިހާ ހަލުވި ސްޕީޑެއްގައި ރައްޔިތުންނަށް މި ޚިދުމަތްތައް ދެވިފައިވެސް ނުވާކަމަށް އާޒިމް ވިދާޅުވިއެވެ. މިއީ ދޮގު ކުރެވޭނެ ކަމެއްވެސް ނޫން ކަމަށާއި، މި ހަގީގަތް އެންމެންނަށް ފެންނަން އެބައޮތް ކަމަށް އާޒިމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް