Advertisement
ކ. މާލެ
|
16 ޖެނުއަރީ 2023 | ހޯމަ 13:56
ނ ހޮޅުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ޙަވާލުކުރުން
ނ ހޮޅުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ޙަވާލުކުރުން
ޕްލޭނިން މިނިސްޓްރީ
ނ ހޮޅުދޫ ގޮނޑުދޮށް
ނ ހޮޅުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް އެމްޓީސީސީއާ ޙަވާލުކޮށްފި
މިއީ 46 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް
ޕްރޮޖެކްޓު ނިންމަން ދީފައިވަނީ 400 ދުވަސް

ނ ހޮޅުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ.

މި މަޝްރޫއު ޙަވާލު ކޮށްފައިވަނީ ހޯމަ ދުވަހު ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ކޮންޓްރެކްޓުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤުއެވެ.

މި މަޝްރޫއު ޙަވާލު ކޮށްފައިވަނީ ރާއްޖޭގެ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް މިހާރުވެސް ހިންގަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެމްޓީސީސީގެ ފަރާތުން ކޮންޓްރެކްޓުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.

Advertisement

މިއީ 46،748،822.76 (ސާޅީސް ހަ މިލިއަން، ހަތްލައްކަ ސާޅީސް އަށްހާސް، އައްސަތޭކަ ބާވީސް ރުފިޔާ ހަތްދިހަ ހަ ލާރި) އަށް ޙަވާލުކުރި ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓު ނިންމަން ދީފައިވަނީ 400 ދުވަހެވެ.

މި މަޝްރޫއުގެ ދަށުން އެ ރަށުގައި ފާހަގަކުރެވިފައިވާ ރަށް ގިރުމުގެ މައްސަލަ ޙައްލު ކުރުމަށްޓަކައި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ވަނީ ޙަވާލު ކުރެވިފައެވެ. އެގޮތުން ރަށުގެ ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ ގޮތުން 570 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓަރ، 375 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓު ޤާއިމު ކުރުން ހިމެނެއެވެ.

އަދި، އޮޑިހެލާ ސަރަޙައްދުގައި އެއްގަމު ތޮއްޓެއް ޤާއިމު ކުރުމާއި، 14 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓެއް ޤާއިމު ކުރުންވެސް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް