ކ. މާލެ
|
16 ޖެނުއަރީ 2023 | ހޯމަ 10:16
"އެއާޕޯޓު އިންޓަރޑިކްޝަން ޓްރެއިނިންގ'' ކޯސް
"އެއާޕޯޓު އިންޓަރޑިކްޝަން ޓްރެއިނިންގ'' ކޯސް
ޕޮލިސް
އެއާޕޯޓު އިންޓަރޑިކްޝަން
އެއާޕޯޓު އިންޓަރޑިކްޝަން ޓްރެއިނިންގ ފަށައިފި
އޮޕަރޭޝަންތަކުގައި ކުރިއަރަމުން އަންނަ ތަހުގީގުކުރުމުގެ އުކުޅުތައް އުނގަންނައި ދެވޭނެ
ޓްރެފިކިން ޓްރެންޑްސް އަދި ހިއުމަން ޓްރެފިކިންގއާ ގުޅޭ މައުލޫމާތު ހިއްސާކުރާނެ

ޤާނޫނު ތަންފީޒުކުރާ އިދާރާތްތަކަށް ކުރިއަށްގެންދާ "އެއާޕޯޓު އިންޓަރޑިކްޝަން ޓްރެއިނިންގ'' ކޯސް ފަށައިފިއެވެ.

މި މަހު 15 އިން 19 އަށް ކުރިއަށްގެންދާ މި ކޯހަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑިޕާޓްމަންޓާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި އެމެރިކާގެ އެންޓި-ޓެރަރިޒަމް އެސިސްޓެންސް އޮފީސް ގުޅިގެން ކުރިއަށްގެންދާ ކޯހެކެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދޭ ގޮތުގައި މި ކޯހުގައި، އެއަރ އިންޓަރޑިކްޝަން އޮޕަރޭޝަންތަކުގައި ކުރިއަރަމުން އަންނަ ތަހުގީގުކުރުމުގެ އުކުޅުތައް އުނގަންނައި ދެވޭނެއެވެ.

އަދި ކޮންޓްރަބޭންޑް އިންޓަރޑިކްޝަން އޮޕަރޭޝަންސް އަދި އެއާޕޯޓު ސެކިއުރިޓީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ތަމްރީނުތައް ކުރިއަށް ގެންދާނެއެވެ. އެގޮތުން، އެނަލައިސިސް، ކޮމްޕިއުޓަރ ބޭސްޑް އިންފޮމޭޝަން ސިސްޓަމް، ކޮންޓްރަންޑް ކޮރިއަރ، ޓްރެފިކިން ޓްރެންޑްސް އަދި ހިއުމަން ޓްރެފިކިންގއާ ގުޅޭ މައުލޫމާތު ހިއްސާކުރާނެއެވެ.

"އެއާޕޯޓު އިންޓަރޑިކްޝަން ޓްރެއިނިންގ'' ކޯސް - ޕޮލިސް

މީގެ އިތުރުން، ގަވާއިދާ ޚިލާފަށް މުދާ އެތެރެކުރުން ހުއްޓުވުމަށާއި އެކަމުގައި ބޭނުންކުރާ ތަފާތު ގޮތްތަކާއި، ބަލްކް ކަރަންސީ އަދި ޝައްކުކުރެވޭ ހަރަކާތްތައް ދެނެގަތުމާއި، ޕެސެންޖަރ ޓާގެޓިންގ ހެދުމާއި، އިލެކްޓްރޯނިކް މީޑިއާ/ޑިވައިސް އެގްޒަމިނޭޝަން ހެދުމާއި، ކަވަރ އޯޕްރެޝަންސް އަދި އިންޓެގްރޭޝަން ޓެކްނިކްސްގެ މައުލޫމާތު ހިއްސާކުރާނެއެވެ.

މި ކޯހުގައި ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ މުވައްޒަފުން ހިމެނޭހެން ޖުމްލަ 37 މުވައްޒަފުން ބައިވެރިވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް