Advertisement
ކ. މާލެ
|
15 ޖެނުއަރީ 2023 | އާދީއްތަ 11:10
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު 2023
ރާއްޖޭގައި ބޭނުން ކުރަނީ ސެކިއުރިޓީ ފީޗާސްތައް ހިމެނޭ، ހައި ކޮލިޓީ އަދި އަގުބޮޑު ވޯޓު ކަރުދާސް: އީސީ
2023 ގައި ގައި 600 ވޯޓު ފޮށި ބެހެއްޓޭނެކަމަށް ލަފާ ކުރެވޭ
ބަޖެޓަށް ވީހާވެސް ލުއިވާނެ ގޮތަށް ވޯޓު ކަރުދާސް ޕްރިންޓް ކުރެވޭތޯ މަސައްކަތް ކުރާނެ
އިންތިޚާބާ ގުޅޭ މަރުކަޒެއް ހަމަނުޖެހިއްޖެނަމަ، އިންތިޚާބާ ގުޅޭ ތާރީޚުތަކަށް ބަދަލު ގެންނަން ޖެހިދާނެ

ރާއްޖޭގައި ބޭނުން ކުރަނީ ސެކިއުރިޓީ ފީޗާސްތައް ހިމެނޭ، ހައި ކޮލިޓީ އަދި އަގުބޮޑު ވޯޓު ކަރުދާސްކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އާދިއްތަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުުމުގައި އީސީގެ ރައީސް ފުވާދު ތައުފީޤު ވިދާޅުވީ، ރާއްޖޭގައި ބޭނުން ކުރަނީ ސެކިއުރިޓީ ފީޗާސްތަކެއް ހިމެނޭ، ހައި ކޮލިޓީ އަދި އަގުބޮޑު ވޯޓު ކަރުދާސް ކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީތަކުންވެސް ބޭނުންވަނީ އެ ފެންވަރުގެ ވޯޓު ކަރުދާސްކަން ފާހަގަ ކުރައްވައި ފުވާދު ވިދާޅުވީ، އެއް ކޮލިޓީއެއްގައި ބަޖެޓަށް ވީހާވެސް ލުއިވާނެ ގޮތަށް ވޯޓު ކަރުދާސް ޕްރިންޓް ކުރެވޭތޯ އީސީން ބަލާނެ ކަމަށެވެ.  

ފުވާދު އިތުރަށް ވިދާޅުވީ، 2023 ގައި 600 ވޯޓު ފޮށި ބެހެއްޓޭނެކަމަށް ލަފާ ކުރެވޭ ކަމަށެވެ. ނަމަވެސް ރީ ރަޖިސްޓަރ ކުރަން ހުޅުވާލުމުން ހުށަހަޅާ މިންވަރަށް ބަލައި، މި އަދަދަށް ކޮންމެސް ވަރެއްގެ ބަދަލުތަކެއް އައިސްދާނެކަމަށްވެސް ފުވާދު ވިދާޅުވިއެވެެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ނައިބްރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ވޯޓު ފޮށިތައް ކައިރީގައި ބޭތިއްބުމަށް އެކަނިވެސް 5580 ވަރަަކަށް އޮފިޝަލުން މިފަހަރު އީސީން ނަގާނެ ކަމަށެވެ.

Advertisement

ހަބީބު އިތުރަށް ވިދާޅުވީ، އިންތިޚާބުގެ މަރުކަޒެއްގެ ގޮތުގައި ދިވެހިރާއްޖޭގެ އަޑުގެ ބާ އިމާރަތް އީސީއަށް ދިނުމަށް ނިންމާފައިވާކަމަށާއި، ވަރަށް އަވަހަށް އިމާރަތް ލިބޭނެކަމަށް ބެލެވޭ ކަމަށެވެ. އަންނަ މަހުގެ ތެރޭގައި އެތަނަށް ވަދެވޭނެ ކަމަށާއި، އެހެން ނޫންނަމަ އިންތިޚާބާ ގުޅޭ ތާރީޚުތަކަށް ބަދަލު ގެންނަން ޖެހިދާނެކަމަށް ހަބީބް ވިދާޅުވިއެވެ.

އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދާނެ މަރުކަޒެއް ޤާއިމު ކުރެވުމުން، އިންތިޚާބުގެ ލަފާ ދޭ ކޮމިޓީއެއްވެސް އެހިސާބުން އެކުލަވާލައްވާނެކަމަށް ހަބީބު ވިދާޅުވިއެވެ.

އިންތިޚާބާ ގުޅިގެން އީސީން އެކި މުއައްސަސާތަކާ ބައްދަލުކޮށް، އިންތިޚާބަށް ހޯދަންޖެހޭ އެހީތެރިކަން އެ ފަރާތްތައް މެދުވެރިކޮށް ހޯދުމުގެ މަސައްކަތްތައްވެސް މިހާރު ފަށައިގެން ކުރިއަށްދާކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައި ސިޔާސީ ޕާޓީތަކާއެކުވެސް ކުރަންޖެހޭ މަޝްވަރާތައް ކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސިޔާސީ ޕާޓީތަކުގެ ކަންބޮޑުވުންތަކަކީ ކޮބައިކަންވެސް އީސީން ބަލާނެކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް